ތެލުލަން އެއްފަހަރު ބޭނުންކޮށްފަ ހުންނަ ތެޔޮ އަލުން ބޭނުންކުރުމަކީ ކެންސަރުޖެހުމަށް މަގުފަހިވާ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ތެލުލަން އެއްފަހަރު ބޭނުންކޮށްފަ ހުންނަ ތެޔޮ އަލުން ބޭނުންކުރުމަކީ ކެންސަރުޖެހުމަށް މަގުފަހިވާ ކަމެއް!

ގިނަ ބައަކު ތެލުލަން ބޭނުންކުރާ ތެޔޮ ދެވަނަ ފަހަރަށް ބޭނުންކުރަނީ ޚަރަދުކުޑަކުރާށެވެ. ޚަރަދުކުރަންޖެހޭނެއެވެ. ނަމަވެސް ތިމާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ނުވެއްޓޭނެ ގޮތަށެވެ. ކެންސަރު ފަދަ ބޮޑެތި ބަލިތައް ނުޖެހޭނެ ގޮތަކަށެވެ.  

އެކުވެރިން ރަނގަޅަށް އަޑުއަހާށެވެ! ތެލުލަން ނުވަތަ ފްރައިކުރަން އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތެޔޮ ދެވަނަ ފަހަރަށް ބޭނުންކުރުމަކީ ކެންސަރުޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ޕެންކްރިއޭޓީކް ކެންސަރު ޖެހުމަށެވެ.  

ވީމާ މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުޑަ ތެޔޮފޮދެއް ސަލާމަތްކުރަން ކުރެވޭ ކަމަކުން ތިމާއަށް ކެންސަރުޖެހޭނެކަން އެނގޭނަމަ އެކަކުވެސް އެކަމެއް ނުކުރާނެއެވެ. ނަމަވެސް ގިނަ ބައަކަށް އެކަމުގެ ހުރި ނުރައްކާ ނުވިސްނެނީއެވެ.

- މަޢުލޫމާތު: ޞިއްޙީ ޚަބަރު 

ހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ކެއިނަމަވެސް ތެލުލާފައި ހުންނަ އެއްޗެތި ނުކާންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ތެލުލަން ބޭނުންކޮށްފައިވާ ތެލަކީ ކިތައްފަހަރު ބޭނުންކޮށްފައިވާ ތެޔޮކަން ނުއެނގޭތީއެވެ. ހަމައެއާއިއެކު އަމިއްލަ ގޭގައިވެސް މިއީ ފަރުވާތެރިވާންޖެހޭ ކަމެކެވެ.

- މިއަދުނޫސް

މިއަދު އޮންލައިން