ކުދިން ކުޅެން ގެންގުޅޭ ބުދު ހުއްޓަސް ކޮޓަރީގަނަމާދުކުރެވޭނެ! އެންމެ ރަނގަޅު ގޮތަކީ ނަމާދުކުރާ ގަޑީގަ ނަމާދުކުރާ މީހާއަށްނުފެންނާނެހެން ފޮރުވައިލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުދިން ކުޅެން ގެންގުޅޭ ބުދު ހުއްޓަސް ކޮޓަރީގަނަމާދުކުރެވޭނެ! އެންމެ ރަނގަޅު ގޮތަކީ ނަމާދުކުރާ ގަޑީގަ ނަމާދުކުރާ މީހާއަށްނުފެންނާނެހެން ފޮރުވައިލުން!

މިލިޔުން މިގެނެސްދެނީ ބައެއް ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ ޖަވާބެއްގެ ގޮތުންނެވެ. ޖަވާބު ޝައިޚްގެ ބަސްފުޅުން އެނގިލައްވާނެއެވެ.

އަޅުގަނޑަކީ ކުޑަކުޑަ ދެދަރިން ގޮވައިގެން އެކަނި އުޅެންޖެހިފައިވާ އަންހެނަކީމެވެ. މާނައަކީ އަޅުގަނޑު ނަމާދުކުރާއިރު ކުދިން ބަލައިޑޭނެ މީހަކު ނުހުންނަކަމެވެ. އެހްނެވ ނަމާދަށް އަރަންވުމުން ބައެއް ފަހަރު ކުދިން ރުއްސަން ކުދިންގެ އަތަށް ސޮފްޓްޓޯއިސް ދީފައި ކޮޓަރީގައި ފެންނަ ހިސާބުގައި ބައިތިއްބާފައި ނަމާދަށް އަރަމެވެ. މިއީ މައްސަލައެއްތޯއެވެ؟

ކުޅޭ ބުދު ހުރިތަނެއްގަ ނަމާދުކުރެވިދާނެތޯ؟ ނަމާދަށް ހުއްޓައިވެސް ކުދިން ކުޅޭބުދު ފަދަތަކެތި ހިފައިގެން މުސައްލަ ކައިރިއަށް އަންނާތީވެސް ގިނަބައަކު ކަންބޮޑުވެ ސުވާލުކުރެއެވެ. 

"އަޅުގަނޑުގެ ނިދާ ކޮޓަރީގައި ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުފަދަތެކެތި ހުރެއެވެ. އެހެންކަމުން އެތަނުގައި ކުރާ ނަމާދު ޞައްހަވާނެތޯއެވެ؟ އަޅުގަނޑަށް ހަމަ ބިރުގަނެވެނީއެވެ."

މިސުވާލުތަކަށް ޑރ. އިޔާޟް ދެއްވި ޖަވާބަކީ:

"ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދު ފަދަ ތަކެތި ހުރި ތަނެއްގައި ނަމާދުކުރެވޭނެއެވެ. އެންމެ ރަނގަޅީ ނަމާދުކުރާ ވަގުތު ނަމާދަށް ހުންނަ މީހާއަށް އެތަކެތި ނުފެންނަގޮތަށް ފޮރުވައިލުމެވެ."

 

ދިރިއުޅުމުގެ ޙާލަތު މިހާރު ހުރި ގޮތުން  ވަރަށް ގިނަ ގޭގޭގައި މިފަދަ ކަންކަން ކުރިމަތިވެއެވެ. ވީމާ ނަމާދުކުރަންވުމުން އެ ސަރަހައްދުގައި ކުޅޭ ބުދުފަދަ ތަކެތި ހުރިނަމަ އެއްކަރިކޮށް ނުފެންނަ ގޮތްހަދައިލާށެވެ! އަދި އެކަން އެގޮތަށް ނުކުރެވި އޮއްވައި ބުދެއް ފެނުނު ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

 

އެންމެ މުހިންމު ކަމަކީ ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރުމެވެ. ދެން ހުރިމައްސަލަތަކަށް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނެތެވެ! އިން ޝާ ﷲ

 

މިއަދު އޮންލައިން