ތިބާގެ ކައިވެނި އުފަލުގަ ދެމެހެއްޓޭނެ ސިއްރުތައް!

ކިޔުމަށް ހޭދަވާނީ 2މ 2ސ
ތިބާގެ ކައިވެނި އުފަލުގަ ދެމެހެއްޓޭނެ ސިއްރުތައް!

ސިއުޒާ

 

އުފާވެރި ކައިވެންޏެއްގެ ސިއްރަކީ ކޮބައިތޯ؟ ކުރެވޭ ސުވާލަށް ޖަވާބބެއް ދޭނަމެވެ. މިބުނާ ކަންކަމުގައި ހިފަހައްޓާށެވެ. އެކައިވެންޏަކީ އުފާވެރި ކައިވެންޏަކަށްވެގެންދާނެއެވެ. އިން ޝާ ﷲ 

1-   މުއާމަލާތް ކުރުން:

ގިނަ ކައިވެނިތައް ރޫޅެނީ ލޯބި ނެތިގެންނެއް ނޫނެވެ. ސަބަބަކަށްވަނީ ދެމަފިރިން އެކަކު އަނެކަކާ މުއާމަލާތު ކުރުމުގައި ތެދުވެރި ކަމެއް ނެތުމެވެ. ތިބާ ދެރަވާނަމަ ހަނު ނުހުންނާށެވެ. އޯގާތެރި ކަމާއެކު ވާހަކަ ދައްކާށެވެ. އަދި ކެއްތެރިކަމާއިއެކު އަޑު އަހާށެވެ. އަދި ތިބާ ކަމަކަށް ފިޔަވަޅު އެޅުމުގެ ކުރިން އަކަމެއް ދެނެގަންނަށް މަސެއްކަތް ކުރާށެވެ.  

2-   އިޙްތިރާމް ކުރުން:

ދެމަފިރިންގެ ދެމެދުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުން އޮންނަ ނަމަ ލޯބި ދާނީ އިތުރުވެ ވަރުގަދަ ވަމުންނެވެ. ތިބާއާއި އެހެން މީހުން ވާހަކަދައްކަން ތިބާ ބޭނުންވާ ފަދައިން ތިބާވެސް ތިބާގެ ބައިވެރިޔާ އާއި ވާހަކަ ދައްކާށެވެ. ބޭޒާރު ކުރުމާއި ގަދަބަސް އެއްގޮތަކަށްވެސް ބޭނުން ނުކުރާށެވެ. ދެބަސްވާ ހާލަތްތަކުގައިވެސް ރުޅިވެރި ބަސްތައް ބޭނުން ނުކުރާށެވެ.  

3-   މައާފް ކުރުން:

އެއްވެސް ކައިވެންޏަކީ އެންމެ ފުރިހަމަ ކައިވެންޏަކަށް ނުވާނެއެވެ. ދެމަފިރިންނަށްވެސް ކުށް ކުރެވޭނެއެވެ. މައާފްކުރުމުގެ މާނައަކީ މައްސަލަތައް އަޅާނުލާ ދޫކޮށްލުމެއް ނޫނެވެ. އޭގެ މާނައަކީ މައްސަލައިގައި ހިފާ އެކަން ބޮޑު ކޮށްލުމުގެ ބަދަލުގައި ސުލްޙަ އިޚްތިޔާރު ކުރުމެވެ. އިތުބާރު އުފެއްދޭނީ ތެދުވެރިކަމާއި ވަފާތެރިކަމުންނެވެ. ވަޢުދު ފުއްދާށެވެ. އަދި ދެފުށް ފެންނަ ގޮތުގައި އެކަކު އަނެކަކުގެ ސިއްރުތައް ހިމާޔަތް ކުރާށެވެ.  

އެކަކު އަނެކަކު މަތިން ހަނދާން ނެތޭވަރަށް ބިޒީ ނުވާށެވެ. ދެމީހުން އެކުގައި ވަޤުތު ހޭދަކުރާށެވެ. އެކުގައި ހީ، ނަމާދުކޮށް ހަދާށެވެ. އަދި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރަމުން ގެންދާށެވެ.  

ކައިވެންޏަކީ ހަމައެކަނި އެއް ގެއެއްގައި އުޅުމެއް ނޫނެވެ. އެއީ އެކަކު އަނެކަކާއި އޮންނަ ގުޅުމެވެ. ތިބާގެ ބައިވެރިޔާގެ ކާމިޔާބީތައް ފާހަގަ ކުރާށެވެ. އަދި ދަތި އުނދަގޫ ހާލަތުގައި ކައިރީގައި ވާށެވެ. ކައިވެންޏަކީ ޓީމް ވޯކްއެކެވެ. އެކަކަށް ލިބޭ ކާމިޔާބަކީ މުޅި އާއިލާއަށް ލިބޭ ކާމިޔާބެކެވެ. އެކަކު އަނެކަކާ ވާދަ ކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. 

ލޯތްބަކީ ހަމައެކަނި ވެވޭ އިޙްސާސް އެއް ނޫނެވެ. އެއީ ކޮންމެ ދުވަހެއްގެ އިޙްތިޔާރެކެވެ. ފަސޭހަ ދުވަސްތަކާއި އުނދަގޫ ދުވަސްތައްވެސް ވާނެއެވެ. އޯގާތެރިކަމާއި، ވަފާތެރިކަން އަދި އެކަމަށް އޮތް ޝައުޤުވެރިކަން އިޙްތިޔާރް ކުރުމަކީ ލޯތްބެވެ. 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

-- މިއަދުނޫސް

މިއަދު އޮންލައިން