ތިމާއަށް ކިޔެވުނުހައި ރީތި ރާގުތަކަށް ކިޔަވަން އޮތީ ޤުރްއާނެވެ. އެއިރުން އެއަޑު އެއްސެވުމަށް މަލާއިކަތުންގެ ބޮޑެތި ފައުޖުތައް ޙާޒިރުވާނެއެވެ. ދެން ކިޔަންވީ މަދަޙައެވެ. މަދަޙައިގައި ހިމެނިގެންވާނީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. ޘަނާކިޔުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ތަޢްރީފް ކުރުމެވެ. މަދަޙަ ކިޔަންވާނީވެސް މިޔުޒިކާއި ނުލައެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ލަވައާއި މިޔުޒިކަކީހަމަ މަސްތުވުން ފަދަ ކަމެކެވެ. އަޑުއަހާ ވަޤުތު ވިސްނުމުގެ މިސްރާބު ބަދަލުވެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްވެސް ލިބިދާނެއެވެ. ނަމަވެސް އަޑުކެނޑޭއިރަށް ކުރީގެ ހަނދާންތައް އަންނަންފަށާނެއެވެ. ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއިމެދު ވިސްނެންފަށާނެއެވެ. މަސްތުވާ މީހާއަށް މަސްވެގެން ހުންނަ ވަޤުތުކޮޅު ހިތްހަމަޖެހުން ލިބިފައި މަސްތުފިލާއިރަށް ކުރީގެ ޙާލަތަށް އެނބުރި ރުޖޫޢަވާފަދައިންނެވެ.
އެކަން އެގޮތަށް މެދުވެރިވާ ސަބަބުވެސް މިއޮތީއެވެ. ވިދާޅުވެލައްވާށެވެ!
ސުވާލު:. މިޔުޒިކް ޙަރާމްކަމުގެ ދަލީލަކީ ކޮބައިތޯ؟
ޖަވާބު:. ކީރިތި ޤުރްއާނުގެ ލުޤްމާނު ސޫރަތުގައިވޭ " وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ " މީސްތަކުންގެ ތެރޭގަވެޔޭ لَهْوَ الْحَدِيثِ ވިއްކާމީހުން (لَهْوَ الْحَدِيثِ) ތަފްޞީލް ކުރައްވަމުން އިމާމުލް މުފައްސިރީން އަދި މިއުއްމަތުގެ ތަފްސީރުގެ އެންމެ ފުންނާބުއުސް އިބްނު ޢައްބާސް އަދި އިބްނު މަސްޢޫދު އެބޭބޭފުޅުން ވިދާޅުވެފަ ވަނީ އެއީ ލަވަޔާއި މިޔުޒިކްގެ ވާހަކަ ކަމަށް.
--ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޚުލާޞާއަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއްކޮށްގެން ލިބޭނެ ޙަޤީޤީ ހިތްހަމަޖެހުމެއް އަދި އުފާވެރިކަމެއްވެސް ނެތެވެ. ކޮންމެ ބައްޔަކަށްވެސް ޝިފާ ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށްވާތީއެވެ.
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/5000/is-music-haram#conclusion