"ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފަހު ދެލިކޮޕީއަށް ފަންނީ ލަފާ ހޯދުމަށް ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
"ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފަހު ދެލިކޮޕީއަށް ފަންނީ ލަފާ ހޯދުމަށް ސްޓިއަރިންގ ކޮމިޓީއަށް ހުށަހަޅައިފި

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ޤައުމީ އިސްތިރާޖު އެކުލެވޭ "ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފަހު ދެލިކޮޕީ އެކުލަވާލައި، އެއަށް ފަންނީ ލަފާ ހޯދުމަށްޓަކައި ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމަށް މިއަދު ހުށަހަޅައިފިއެވެ.

ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފަންނީ މާހިރުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ، ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 28/2015) ގެ ދަށުން ޤައުމީ ފެންވަރުގައި އެކުލަވާލަންޖެހޭ ޕްލޭން ފުރިހަމަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލަށް މި ޕްލޭން ހުށަހެޅުމުގެ ކުރިން، ކޮމިޓީގެ މެންބަރުންގެ ޚިޔާލާއި ފަންނީ މަޝްވަރާ ހޯދައި، ޕްލޭން އިތުރަށް ތަރައްޤީކޮށް ފުރިހަމަކުރުމެވެ.

މި ޕްލޭން ތަންފީޒުކުރަން ފެށުމުން، ރާއްޖެއަށް ދިމާވާ ޤުދުރަތީ އަދި އެހެނިހެން އެކި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާރިސާތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން