ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އަޙްމަދު ނިޡާމް އައްޔަނުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އަޙްމަދު ނިޡާމް އައްޔަނުކުރައްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ދ. މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަޙްމަދު ނިޡާމް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

ޕްރައިވަޓައިޒް ކުރުމުގެ ޤާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ޤާނޫނީ ބާރު ލިބިދީފައިވަނީ ޕީސީބީ އަށެވެ.

މިއަދު އޮންލައިން