ފަށްކުރުމެއް!: ކަސްރަތުކުރުމުގަ ޝަރުޢީ ހަމަތަކުން މުސްލިމް އަންހެނުންނަށް ހުއްދަ ކަންކަމާ ހުއްދަ ނޫން ކަންކަން-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
ފަށްކުރުމެއް!: ކަސްރަތުކުރުމުގަ ޝަރުޢީ ހަމަތަކުން މުސްލިމް އަންހެނުންނަށް ހުއްދަ ކަންކަމާ ހުއްދަ ނޫން ކަންކަން-

ފުރާވަރުގެ އަންހެންދަރިވަރުން ސްކޫލްތަކަށް ގެންގޮސް ނުވަތަ އެނޫންވެސް ތަންތަނުގައި ކަސްރަތުކުރުވަން ފިރިހެން އިންސްޓްރަކްޓަރުން ތިބޭތީ ބައެއް ކިޔުންތެރިންގެ ފަރާތުން ސުވާލުތައް ލިބޭތީ ޖަވާބެއްގެ ގޮތުން ހާމަމިކުރަނީ އެކަން ޝަރުޢީ ހަމަތަކުން އޮތް ގޮތެވެ. ޢަމަލުކުރުމާ ނުކުރުމަކީ އެމީހެއްގެ ކަމެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާނަމަ އޮތީ ކިޔަމަންތެރިވުމެވެ.

 

ސުވާލު:

އަޅުގަނޑަކީ ފަނަރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މަދަރުސާގައި އެހެން މާއްދާތަކެކޭ އެއްފަދައިން ކުޅިވަރުގެ މާއްދާއެއް އޮވެއެވެ. މީގައި އަޅުގަނޑުމެން ތަފާތު އެކި ބާވަތް ބާވަތުގެ ކުޅިވަރު ކުޅެމެވެ.

އަޅުގަނޑުގެ ސުވާލަކީ އަންހެން ކުދީންނަށް ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ ޙުއްދަކަމެއް ތޯއެވެ؟

ޖަވާބު: 

ﷲއަށް ޙަމްދު ހުއްޓެވެ!

ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުމަކީ އޭގައި އެތަކެއް ޞިއްޙީ އަދި ނަފުސާނީ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. ނަމަވެސް މިއަދުގެ މި ދުނިޔޭގައި ކަސްރަތުކުރުމަކީ ވަކި ގޮތަކަށް ކުރަންވެފައި އޮތް ކަމަކަށް މިވަނީ ވެފައެވެ. ކަސްރަތުތައް ކުރުމަށް ޝަރުޢީ އިންތަކެއް ވެއެވެ. މި އިންތަކުގެ ތެރޭގައި ކަސްރަތު ކުރުން ހުއްދައެވެ. އަދި މި އިންތައް ފަހަނައަޅައިދާ މީހުން އެ އަރައި ގަންނަނީ ޙަރާމު ކަމަކަށެވެ. 

ކަސްރަތު ކުރުމުގައި ހިފަހައްޓާން ޖެހޭ ޝަރުޢީ މިންތައް ތިރީގައި އެވަނީ އެވެ: 

މި ޝަރުޠު ފުރިހަމަވުމަށްޓަކައި އަންހެނުން ކަސްރަތު ކުރާއިރު، ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ޙުއްދަވެގެން ނުވެއެވެ. އެއީ އެފަދަ އެއްޗެއް ފިރިހެނަކަށް ފެނުމަށް އޮތް މަގު ބަންދު ކުރުމަށެވެ. 

މިހެންކަމުން އަންހެނުންނަށް އެންމެ މޮޅު އިތުރުވެގެންވާ އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ރައްކާތެރި ގޮތަކީ ޖިމްތަކާއި މަދަރުސާތަކާއި ކުޅިވަރު އެކުވެނިތަކުގައި ކަސްރަތުކުރުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް އެ މީހެއްގެ ގޭގައި ކަސްރަތު ކުރުމެވެ. އެއީ އަދި ޖިމްތަކާއި މަދަރުސާތަކުގައި ދެ ޖިންސު މައްސުނި ނުވި ކަމުގައި ވިޔަސް މެއެވެ. މިފަދަ ޢާންމު ތަނެއްގައި ދެ ޖިންސުގެ މައްސުނި ނުވިއެއް ކަމަކު އަންހެނާ ކަސްރަތު ކުރާ މަންޒަރު އޭގެ ތެރޭގައި ހިމެނޭ ވީޑިއޯ ނުވަތަ ފޮޓޯ ނަގައި އެހެން މީހަކު އެ ޢާންމު ކޮށްފާނޭކަމުގެ ބިރަށްޓަކައެވެ. 

ދެން އަދި މިފަދަ ކަސްރަތު ކުރާ ޢާންމު ތަނެއްގައި ދެ ޖިންސުގެ މައްސުނިވުން ހިމެނޭނަމަ، އެފަދަ ތަނަކަށް ކަސްރަތު ކުރުމަށް ދިއުން ޙުއްދައެއް ނުވާނެކަން ކަށަވަރެވެ.

ކުޅިވަރު ކުޅެ ކަސްރަތު ކުރުމުގައި މަތީގައި މި ބުނެވުނު ޝަރުޠުތައް ފުރިހަމަ ކުރެވިއްޖެނަމަ، ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ޙުއްދައެވެ. މިއާ އެކުގައިވެސް އަންހެނުނަށް ނަޞޭޙަތްތެރިވަނީ އެ ކަނބަލުންގެ ނަފުސުތަކަށް ރައްކާތެރި ވުމަށެވެ. އަދި އަމިއްލަ އަގުހުރި ވަގުތުގެ ގިނަވަގުތުތައް މިފަދަ ކަންކަމުގައި ނަގައި ނުލުމަށެވެ. ހަމަކަށަވަރުން އަންހެނާއަށް ޙިމާޔަތާއި ރައްކާތެރިކަންވަނީ ﷲ އަންގަވައިފައިވާ ކަންކަމަށް އޭނާ ފަރުވާތެރިވެ އެކަލާނގެ އަމުރުފުޅުތަކަށް ބޯ ލަނބައި ކިޔަމަންތެރިވެގެންނެވެ. މީގެ އެންމެ މުހިންމު އެއް އަމުރުފުޅަކީ ބޭކާރު ކަންކަމުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ ކަނބަލުން ގެތަކުގައި ޤަރާރު ވެ ތިއްބެވުމަށް ﷲ ކުރައްވައިފައިވާ އަމުރުފުޅެވެ.  

އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: 

{وَقَرْنَ فِي بُيُوتِكُنّ} (الأحزاب 33) މާނައީ:

[އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ!] 

މި ބުނެވުނު ޝަރުޠުތަކާއި ޤައިދުތަކާއެކު އަންހެނުންނަށް އެހެން އަންހެނުންނާއެކު ކަސްރަތުކޮށް ކުޅިވަރު ކޮށް އުޅުން ހުއްދައެވެ. ނަމަވެސް އެ ކަނބަލުންގެ ކުޅިވަރުތަކާއި ކަސްރަތު ކުރާ މަންޒަރު ހިލޭ ފިރިހެނުންނަށް ބެލޭނޭ ފަދައަކުން އިންތިޒާމު ވެފައި ހުރެގެން ނުވާނެއެވެ.

 

- އަލްއަޚް މުޙައްމަދު ޖަޒްލާން ޢުމަރު / ދިސަލަފިއްޔާ

 

މިއަދު އޮންލައިން