ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ހުޅުމާލެ ފޭސް 2 ގައި އައު މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ ފޭސް 2 ގައި މި މިސްކިތް ބިނާކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޚިދުމަތް ޖަމްޢިއްޔާއާ ދެމެދުގައެވެ.
މި މިސްކިތަކީ ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާނުގައި ބިނާކުރެވޭ މިސްކިތެކެވެ.
ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.