ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި

ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ހާމަކުރައްވާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިންނެވެ.

މި މަޝްރޫޢުގެ ދަށުން ހިރިލަންދޫގައި ޤާއިމުކުރެވޭ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިން ބާނާ މަސް ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން