ރުޅިއަންނައިރަށް ދުލުން ނުބައި ބަސްތައް ބުނުމާ ހަރުކަށި ޢަމަލުތައް ކުރާތަން ދަރިންނަށް ދެއްކުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރުޅިއަންނައިރަށް ދުލުން ނުބައި ބަސްތައް ބުނުމާ ހަރުކަށި ޢަމަލުތައް ކުރާތަން ދަރިންނަށް ދެއްކުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު ދެރަ!

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންނަމަ އެންމެ މުހިންމު ކަމަކީ ނަމޫނާ ދެއްކުމެވެ. ދަރުސްދިނުމާއި ފިލާވަޅުނަގައިދިނުމާއި އަދި އަމުރުކުރުމަކުން ނުފުދެއެވެ. ވީމާ ކުދިންގެ ތަރުބިއްޔަތަށްބަލާއިރުވެސް އެންމެ މުހިންމީ ފުރިހަމަ ނަމޫނާ ދެއްކުމެވެ.  

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. ވީމާ ރިވެތި ނަމޫނާ ދައްކާށެވެ! ދަރިންނަށް ރިވެތި އަޚްލާޤް ދަސްވުމުގެ އެންމެ ބޮޑު ބާރަކީ މައިންބަފައިންނެވެ. ވީމާ ދަރިންގެ ކުރިމަތީގައި އެކުދިންގެ އަޚްލާޤަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ދަރިން ކަންކަން އެންމެ ބޮޑަށް ކޮޕީކުރާނީ މައިންބަފައިންގެ ކިބައިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!  

ދަރިންގެ ކުރިމަތީގައި ހިތަށް އެރިހައި ގޮތަކަށް ނުއުޅޭށެވެ! ހިތަށް އެރިހައި ކަމެއްކޮށް ހިތަށް އެރިހައި ބަސްތައް ބުނެ ނުހަދާށެވެ! ކޮންމެ ކަމަކާއި ގުޅުވައިގެން ހުވާކުރުން ފަދަ ކަންކަން ނުކުރާށެވެ! އެއިރުން ދަރިން އެ ބަސްތަކާއި ކަންކަން ދަސްކުރާނެއެވެ.  

ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ދަރިންގެ ކުރިމަތީގައި ދުލާއި ޢމަލުތައް ކޮންޓްރޯލްކުރާށެވެ! ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ! މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކުގައި ނޫނީ ވާހަކަ ނުދައްކާށެވެ! އަތް އިސްކުރުން ފަދަ ކަންކަން ދަރިންގެ ކުރިމަތީގައި ވެސް އަދި އެހެން ތަނެއްގައިވެސް ނުކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން