އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ދިވެހި ތާރީޚާއި ރިވެތި ސިފަތައް ދިރާސާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ދިވެހި ތާރީޚާއި ރިވެތި ސިފަތައް ދިރާސާކޮށްފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ތާރީޚުގައި އިޙްތިރާމް އަދާކުރުމުގެ ކަންކަން އޮތްގޮތާއި ރިވެތި ސިފަތައް ދިރާސާކޮށްފައިވާ ކަމަށް، ތާރީޚުގެ އިސްވާރު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް އަޙްމަދު ޝާކިރު (ކަށިމާ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަޙްމަދު ޝާކިރު ވިދާޅުވީ، ދިވެހިންނަކީ އިޖުތިމާޢީ، ޞިއްޙީ، މަދަނީ އަދި ނަފްސީގޮތުން ވެސް އިޙްތިރާމް އަދާކުރުމުގެ ރީތި ސިފަތަކާއި ޚާއްޞަ އައިޑެންޓިޓީއެއް އޮތް ބައެއް ކަމަށެވެ. އަދި މުޖުތަމަޢުގެ އުފާވެރިކަން ބިނާވެފައިވަނީ ދިވެހިންގެ ރީތި އާދަތަކުގެ މައްޗަށް ކަމަށާއި، ޤައުމަށް ފައިދާއާއި ލާބަ ލިބޭނީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަ އަށަގެންނެވުމަށާއި، ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތައް އަނބުރާ ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އިޙްތިރާމްކުރުމުގެ މި ޤައުމީ ކެމްޕޭން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "އިޙްތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުންނެވެ.

މިއަދު އޮންލައިން