ހުޅުމާލޭގައި 50 އެނދުގެ ނަފްސާނީ ޚާއްސަ ހޮސްޕިޓަލެއް އަޅަން ކޮންޓްރެކްޓަރެއް ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ހުޅުމާލޭގައި 50 އެނދުގެ ނަފްސާނީ ޚާއްސަ ހޮސްޕިޓަލެއް އަޅަން ކޮންޓްރެކްޓަރެއް ހޯދަނީ

ހުޅުމާލޭގައި 50 އެނދުގެ ނަފްސާނީ ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ހުޅުމާލޭގެ 14،000 އަކަފޫޓުގެ ބިމެއްގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 01:00 އެވެ. މީގެއިތުރުން، މި ބިޑުގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 10،000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ އެކި މައްސަލަތަކުގައި ފަރުވާ ހޯދާފައެވެ. އަދި އޭގެ ތެރެއިން 8،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަޙައްދުންނެވެ.

މިއަދު އޮންލައިން