ރޯދައިގެ ކުރިއަށް އޮތީ ނަމާދު! ޖުނުބުވެރި ޙާލުގަ ހުރެވޭކަމުގެ މައްސަލަ ކުރިމަތިވާނީ ފަތިސްނަމާދު ވަޤުތުގަ ނުކުރާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރޯދައިގެ ކުރިއަށް
އޮތީ ނަމާދު! ޖުނުބުވެރި ޙާލުގަ ހުރެވޭކަމުގެ މައްސަލަ ކުރިމަތިވާނީ ފަތިސްނަމާދު
ވަޤުތުގަ ނުކުރާ މީހުންނަށް!


އަހުރެމެންގެ ދީނަށް ބަލާއިރު ރޯދައިގެ ކުރިއަށް އޮތީ ނަމާދެވެ. ވީމާ ރޯދައަށް ހުންނަ ދުވަސްވެސް ފަށަން ޖެހެނީ ފަތިސްނަމާދުންނެވެ. ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދުކުރާ މީހަކަށް ރޯދައަށް ފަށައިގަނެވޭނީ ހިނައިގަނެ ޠޯހިރުކަންމަތީގައެވެ. ވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދުކުރުމަށެވެ. ބަންގިގޮވުމުގެ ކުރިން ހިނައި ޠޯހިރުވެ ފަތިސްނަމާދުކުރުމަށެވެ. 

ދެން އޮތީ ފަތިސްނަމާދަށް ނުހޭލެވުމެވެ. އެމީހުންނަށް އޮތީ ހޭލެވުމުން އަވަހަށް ހިނައި ޠޯހިރުވެ ފަތިސްނަމާދުކުރުމެވެ.  

ޝައިޚުގެ ބަސްފުޅު-: 

ޖުނުބުވެރިވެގެންވާ ޙާލުގައި ރޯދަ ހިފަން ފެށުމަކީ ރޯދަ ބާޠިލުވާ ކަމެއް ނޫނެވެ.

މިސާލަކަށް މީހަކު ޖުނުބުވެރިވެފައިހުރި ޙާލަތުގައި ހިނައިނުގަނެ ނިދާފައި ހޭލެވުމުން ރޯދައަށް ހުރެވިދާނެއެވެ. 

އެކަމަކު ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ. މުޅި ރޯދަ ނިމެންދެން ޖުނުބުވެރި ޙާލަތުގައި ހުންނާކަށް ނުޖެހޭނެއެވެ. އެއީ ނަމާދު ކުރުމަށްޓަކައި ހިނައިގަންނަން ޖެހޭތީއެވެ.

އެހެންކަމުން ޖުނުބުވެރިކަން މަތީ ހުރެ ރޯދަ ހިފަން ފެށިޔަސް ރޯދަ ޞައްޙަ ވާނެއެވެ. 

--الشيخ محمد شافع

ރޯދަ ވެރިޔާ ރޯދައަށް ހުރެ 3 ނަމާދުކުރަން ޖެހެއެވެ. އެއީ ފަތިސް ނަމާދާއި މެންދުރު ނަމާދާއި ޢަޞްރު ނަމާދެވެ. ވީމާ ހޭލެވުމާއިއެކު އޮތީ އަވަހަށް ހިނައިގަނެ ފަތިސް ނަމާދުކުރުމެވެ. މީގެ އިތުރުން ހިނައިގަނެގެން ނިދުމަކީ ޞިއްޙީ ދުޅަހެޔޮކަން އިތުރުވާ ކަމެކެވެ.

 

މިއަދު އޮންލައިން