"ކަލޭ މިއަދުވެސް ޟުޙާނަމާދެއް ނުކުރޭ! ކަލޭ ތިހުރީ ފޭލްވެފަ! ދެން ކުރިޔަސް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެ!" ފަދަ ވަސްވާސްތައް ދެނީ ޝައިޠޯނާއެވެ. ދީނުގައި ކަންއޮތީ އެގޮތަކަށް ނޫނެވެ. މާލުއި ގޮތަކަށެވެ.
ސުންނަތް ނަމާދުތައް ކުރަން ފެށުމަކީވެސް ދެވިހިފާ ކަމެކެވެ. އެއިރުން ކޮންމެ ސަބަބެއް ދިމާވެގެން ނަމަވެސް ނުކުރެވިއްޖެނަމަ ވަރަށް ދެރަވާނެއެވެ. ހިތް ނުތަނަވަސްވާނެއެވެ. އެހެންކަމާއިއެކުވެސް ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަވަދިނެތި އުޅެންޖެހޭތީ ނުކުރެވިވެސް ދެއެވެ.
ޢުޛުރު މެދުވެރިވެގެން ނުކުރެވޭ މީހުންނަށް އެނގެންވީ މިކަމެވެ!
"ޟުޙާ ނަމާދު ކޮންމެ ދުވަހަކު ކުރުން ލާޒިމެއް ނޫނެވެ. ވަގުތު ހުންނަ ގޮތުން ނުކުރެވިއްޖެ ނަމަ ޤަޟާ ވެސް ކުރެވިދާނެއެވެ. އަދި އެއީ ވެސް ލާޒިމް ކަމެއް ނޫނެވެ.
އަނެއް ނަމާދަށް ބަންގި ގޮވުން ފަދަ ޙާލަތެއް މެދުވެރިވެގެން ރަވާތިބު ސުންނަތް ނުކުރެވިއްޖެ ނަމަ ޤަޟާ ކުރެވިދާނެއެވެ!"
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް