ބައިވެރިޔާއަށް ސަމާލުކަންދޭން ބުނެފިނަމަ ގިނަ މީހުން ކަންބޮޑުވެއެވެ. ޖެހިލުންވެއެވެ. ވިސްނެނީ ބައިވެރިޔާއަށް ސަމާލުވުމަކީ އޭނާއަށް ފާރެވެރިވުން ކަމަށެވެ. ބައިވެރިޔާއަށް އަޅުވެތިވުން ކަމަށެވެ. އެކަމަކު މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ބައިވެރިޔާއަށް ސަމާލުކަންދެވޭނީ އޭނާގެ ބޭނުންތައް އެނގިގެންނެވެ. ކަންކަން ކުރަން އޭނާ ބޭނުންވާގޮތް އެނގިގެންނެވެ. ވީމާ ފުރަތަމަ ކަމަކަށް އެކަންކަން ދެނެގަންނާށެވެ. ދެން އެކަންކަން ކުރަމުން އޭނާއަށް އިޙްތިރާމްކުޜާށެވެ!
އަނެއްކާވެސް ބުނަންއޮތީ ބައިވެރިޔާއަށް އިޙްތިރާމްކުރުމަކީ އޭނާ ބުނާހައި ވާހަކައެއް ޤަބޫލުކުރުން ނޫން ކަމަށެވެ. އަދި ބުނާހައި ކަމެއް ކުރުންވެސް ނޫންކަމެވެ. ކޮންމެ މީހަކު ބުނިނަމަވެސް ކަންކަން ކުރަންވާނީ ރަނގަޅަށް ވިސްނުމަށްފަހުގައެވެ. ކުރަންވާނީ ފާފަވެރި ނުވާނެ ކަންކަމެވެ. އަދި އެކަމެއް ކުރުމުން ތިމާއަށް އެއްވެސް ގެއްލުމެއް ނުވަތަ ދެރައެއް ނުލިބޭނެ ކަންކަމެވެ.
ބައިވެރިޔާއަށް ފާރަވެރިވެވޭ ދޮގޮތެއް އޮވެއެވެ. އެއްގޮތަކީ އޭނާކުރާ ކަންކަމަށް ފާރަވެރިވުމެވެ. ދެވަނަ ގޮތަކީ އޭނާ ތިމާގެ ކިބައިން ބޭނުންވާނެ ކަންކަމަށް އެދެން ނުޖައްސައި ހުޝިޔާރުވެހުރުމެވެ. ފަހުން މިބުނި ގޮތަށް ފާރަވެރިވާނަމަ މައްސަލަތައް ޖެހުން ބޮޑުތަނުން މަދުވާނެއެވެ.
އަހުރެން ވަރަށް އާދައިގެ ބަސްކޮޅެއް ނަމަވެސް މިކަންކަމަށް ސަމާލުކަންދޭނަމަ ދިރިއުޅުމަށް އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހިގެން އުފަލުގައި އުޅެވޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް