ގިނައީ އަނެކާއަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެކަމަށް ޙަސަދަލާ މީހުންކަމަށްވާއިރު ލިބޭކާމިޔާބީއަށް ކިހާގިނަބައަކު ޙަސަދަލާނެތަ؟ ތައްޔާރަށް ހުރުމަކީ އެމީހެއްގެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ގިނައީ އަނެކާއަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެކަމަށް ޙަސަދަލާ މީހުންކަމަށްވާއިރު ލިބޭކާމިޔާބީއަށް ކިހާގިނަބައަކު ޙަސަދަލާނެތަ؟ ތައްޔާރަށް ހުރުމަކީ އެމީހެއްގެ ކަމެއް!

ގިނަބައައެއްގެ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރުކުރާ އެއްކަމަކީ އެހެންމީހުން ޙަސަދަލުމެވެ. އެކަން ނުކުރާނެ ގޮތެއް ނުހެދޭނެއެވެ. ނަމަވެސް ރައްކައުތެރިވެގެން ހުރުމަކީ ކުރެވިދާނެ ކަމެކެވެ. ކީރިތި ޤުރްއާނުގައިވެސްވަނީ އެކަމަށް ބާރުއަޅުއްވަވައިފައެވެ.  

ޝައިޚުގެ ބަސްފުޅު: 

ޙަސަދަވެރީންނާމެދު ރައްކާތެރިވާށެވެ. އެމީހުންގެ ޙަސަދައަށް ނިމުމެއް ނެތެވެ. ތިބާއަށް ފެންނަ ހުވަފެންތަކާމެދު ޙަސަދަ ލާ ބައަކު ތިބާގެ ޙަޔާތުގެ ޙަޤީޤަތްތަކުގެ މައްޗަށް، ޙަޔާތުގައި ލިބޭ ކާމިޔާބީއާއި އުފާވެރިކަމުގެ މައްޗަށް ކިހާ ޙަސަދައެއް ލާނޭ ހެއްޔެވެ؟

قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا- يوسف 5

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ. ފަހެ، އެއުރެން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ." ތިބާގެ ސިއްރުތައް ރައްކާކުރާށެވެ. ޙަސަދައިން ރައްކާތެރިވުމަށްޓަކައި އޮތް އެންމެ މޮޅު ރައްކާތެރިކަން ހޯދާށެވެ. ފަތިސް ނަމާދަށް ރައްކާތެރިވާށެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކްރުތައް އެންމެ ދުވަހަކުވެސް ދޫނުކުރާށެވެ.

- الشيخ محمد شافع

މިއަދު އޮންލައިން