ތަނަަވަސްކަން ކުޑަވެ އަތްމަތިދަތިވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތަނަަވަސްކަން ކުޑަވެ އަތްމަތިދަތިވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ޢަމަލު!

ވަޒީފާއަދާކުރާއިރުވެސް އެހެން މަސައްކަތެއްކުރިނަމަވެސް އަތްމަތިދަތިވާނަމަ ދެއްވަވާ ރިޒުޤް އިތުރުކޮށްދެއްވެވުން އެދި ފުރަތަމަ ކުރަން އޮތް ޢަމަލު ކުރެވެނީ ވަރަށް މަދު ބައަކަށެވެ. އެހެންވެ މިގެނެސްދެނީ ފުރަތަމަ ކުރަން އޮތް ޢަމަލު އެނގިލއްވާނެ ލިޔުމެކެވެ.  

މިހާރަކަށް އައިސް ރިޒުޤަށް ދަތިވެލާއިރަށް އެއްބައަކަށް ދެވެނީ ކޮންމެވެސް ނަމެއް ކިޔާ ލޯނަކާއި ދިމާއަށެވެ. އަނެއްބައަކަށް ދެވެނީ ދަރަނިވެރިވުމާއި ދިމާއަށެވެ. ދަރަންޏަށް ފައިސާކޮޅެއް ދޭނެ މީހަކު ހުރިނަމަ އެމީހަކާއި ދިމާއަށެވެ. ނަމަވެސް މިއިން އެއްވެސް މަގަކީ އެކަމަށް އޮތް ޙައްލެއް ނޫނެވެ. މައްސަލައިގެ ޙަޤީޤީ ޙައްލު ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެހެނަސް އެކަމަށް އެދިގެން ޢަމަލުކުރަން އޮތް މަގު ގިނަ ބައަކަށް އޮޅެނީއެވެ.  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނެ އެއްކަމަކީ ރިޒްޤު ލިބުމަށް ދަތިވުމެވެ. އެހެނީ ކެއިން ބުއިމަކީ ދިރިހުރުމުގެ އެންމެ ބޮޑު އަސާސެވެ. ތިމާ ކުރަންޖެހޭ ކަންކަން ކުރެވޭނީ ގައިގައި ބާރުހުރެގެންނެވެ. ގައަށް ބާރުލިބޭނީ ކާންބޯން ލިބިގެންނެވެ.

ހަމައެފަދައިން ހެޔޮލަފާ މީހަކުނަމަ އެންމެ ދެރަވާނީ ތިމާގެ ބެލުމުގެދަށުގައިވާ އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި އެނޫންވެސް މީހުންނަށް ކާންބޯން ނުދެވޭނަމައެވެ. ބަނޑުހައިވެގެން ދަރިން ރޯއަޑު އިވޭނަމައެވެ.

"ދުވަހުގެ ރިޒްޤް ތަނަވަސްވެ އިތުރުވުމަށް އެދޭ މީހާ ފުރަތަމަކަމަކަށް ފަރުޟުނަމާދުތަކަށް ރައްކައުތެރިވާށެވެ. ޚާއްޞަކޮށް ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރަން މަސައްކަތްކުރާށެވެ! ކަންނެތްވެ ނިދަން ނުއޮވެ ނިދީން ހޭލައި ދަމުނަމާދުކޮށް ދުޢާކުރާށެވެ!" 

އަދި ކީއްހެއްޔެވެ؟ ނަމާދުގެ އިހު ސުންނަތާ އިމާމް މީހާގެ ޤަމަތާ ދޭތެރޭ އެ ލިބެނީ ވެސް ދުޢާ ކުރަން ރަނުގެ ފުރުޞަތެކެވެ! އަދި ފަތިސް ނަމާދަށްފަހު ވެސް ދުޢާ ކުރާށެވެ! ޤުރްއާން ކިޔެވުމުން ދުވަސްފަށާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

ﷲ ތަޢާލާގެ ރަޙްމަތް އިތުރުވުމަށް އެދޭމީހާއަށް އޮތީ ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. އެކަލާނގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތުގައި ހީވާގިވީވަރަކަށް ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން