އަންހެނުން ގޭގައި ނަމާދުކޮށް ފިރިހެނުން ސުންނަތް ނަމާދުތައް ގޭގަކުރުމަކީ ގެއަށް ތަނަވަސްކަން އިތުރުވެ އުފާވެރިކަމާ ހަމަޖެހުން ލިބޭނެކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަންހެނުން ގޭގައި ނަމާދުކޮށް ފިރިހެނުން ސުންނަތް ނަމާދުތައް ގޭގަކުރުމަކީ ގެއަށް ތަނަވަސްކަން އިތުރުވެ އުފާވެރިކަމާ ހަމަޖެހުން ލިބޭނެކަމެއް! އިން ޝާ ﷲ

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.  

"ނަމާދުގެ ބައެއް ތިއަބައިމީހުންގެ ގޭގޭގައި ކުރާހުށިކަމެވެ. އަދި އެތަނަކީ މަޤްބަރާއަކަށް ނުހަދާހުށިކަމެވެ." (ޞަޙީޙް ބުޚާރީ: 432) 

މި ޙަދީޘްފުޅުގައި ނަމާދުން ބައެއް ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ ސުންނަތް ނަމާދުތަކަށެވެ. ވީމާ ދުވާލުގެ ވަގުތުތަކުގައި ގޭތެރޭގެ ކަންތައްތައް ހުންނަގޮތުން ރަވާތިބު ސުންނަތް ފަދަ ސުންނަތް ނަމާދުތައް ގޭގައި ކުރެވެން ނެތް މީހާ އެންމެ ކުޑަމިނުން ދަމުނަމާދު ނަމަވެސް ގޭގައި ކުރާށެވެ!

ބައެއް އުނދަގޫ ހުރި ނަމަވެސް ގޭގައި ސުންނަތް ނަމާދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދަރިންނަށް އެންމެ ހަގު އުމުރުގައިވެސް މަންމަގެ އިތުރުން ބައްޕަ ވެސް ގޭގައި ނަމާދުކުރާތަން ފެނި އެއީ އެންމެން ކުރަން ޖެހޭ ކަމެއްކަން އެނގިގެންދާނެއެވެ. ނަމާދަށް ލޯބި އުފެދޭނެއެވެ!   

ގޭތެރޭގައި ހަމަޖެހުން އޮތުމާއި ރިޒްޤް ތަނަވަސްވުން ފަދަ ކަންކަމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. އެހެންކަމަށްވުމުން ގެތަކަކަކީ މަޤްބަރާތަކަކަށް ނުހަދާށެވެ! އެކަމަށް ކުރަން އޮތް ކަންތައް މިއޮތީ ޙަދީޘްފުޅުން ފެންނާށެވެ! 

ހަމައެއާއިއެކު އަންހެނުން ގޭގައި ނަމާދުކުރަމުން ގެންދާށެވެ! ގޭގައި ނަމާދުކުރުން ގިނަވާނަމަ ރަހްމަތުގެ މަލާއިކަތުން ގެއަށް ވަދެވަދައިގަތުން ގިނަވާނެއެވެ. ރަޙްމަތުގެ މަލާއިކަތުން ގެއަށް ވަދެވަޑައިގަންނަވާނަމަ އެގެއަކަށް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން