ޤުރްއާނާއި ސުންނަތުނަ އެނގެންހުރި ދުޢާތައް މުސްލިމުންނަށް އެނގޭނެއެވެ. ދެރައީ ނުކުރެވޭ ކަމެވެ. އެހެންވެ އަހުރެން ފާހަގަކޮށްމިލަނީ ޤުރްއާނުގައިވާ ދުޢާތަކުގެ ތެރެއިން އެދުޢާތައް ކުރުމުން ތިބާގެ ދިރިއުޅުމަށް އިންތިހާއަށް ފަސޭހަވެގެންދާނެ 5 ދުޢާއެވެ. ކޮންމެ ދުވަހަކުވެސް މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ.
- އެއްވަނަ ދުޢާ: ދިރިއުޅުމުގައި ބޮޑެތި މައްސަލަތަކާއި ކުރިމަތިވެއްޖެނަމަ ޔޫނުސް ޢަލައިހިއްސަލާމްގެ މި ދުޢާ ކިޔާށެވެ
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
މާނަ :އިބަރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިންވާ މީހަކު ކަމުގައި އަޅުގަނޑު ވެއްޖެއެވެ.
- ދެވަނަ ދުޢާ: ތަނަވަސްކަން ދަތިވެ، ރިޒުޤު މަދުވެއްޖެކަމަށް ހީވާނަމަ މިފަދައިން ކިޔަން ފަށާށެވެ.
أَسْتَغْفِرُ ٱللَّٰهَ
މާނަ: މާތް ﷲގެ ޙަޟްރަތުން އަޅު ފާފަފުއްސެވުމަށް އެދެމެވެ.
ރެޔާއި ދުވާލު މި ޛިކުރު ގިނަކުރާށެވެ. އަދި ދިރިއުޅުން އެއްކޮށް ބަދަލުވެގެންދާ މަންޒަރު ދެކޭށެވެ.
- ތިންވަނަ ދުޢާ: ދުނިޔެއާއި އާޚިރަތުގެ އެންމެ ހެޔޮވެގެންވާ ކަންކަމަށް އެދޭނަމަ މި ދުޢާ ކިޔާށެވެ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
މާނަ : އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ދުނިޔޭގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ"
- ހަތަރުވަނަ ދުޢާ: މާތް ﷲގެ ރަޙްމަތަށް އެދި ދަންނަވަން ކިޔާ ދުޢާ:
رَبِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّٰحِمِينَ
މާނަ: އަޅުގެ ވެރިރަސްކަލާކޮ! (އަޅުގެ ފާފަ) ފުއްސަވާނދޭވެ! އަދި ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތްލައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ."
- ފަސްވަނަ ދުޢާ: ދިރިއުޅުމުގައި ނުތަނަވަސްކަމެއް ނުވަތަ ވާނުވާ ނޭނގޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކިޔާށެވެ.
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ.
މާނަ: އެންމެ މަތިވެރި، އެންމެ މާތް ﷲގެ ޙަޟްރަތުން މެނުވީ އެއްވެސް ބާރެއް އަދި ކުޅަދާނަކަމެއް ނުވެއެވެ.
- ޝައިޚް ޢަލީ މުޚްތާރު
- މިއަދުނޫސް