ބަނޑު ހިންދައިދިނުމުގެ އިތުރަށް ބަނޑުހިކުމުގެ މައްސަލަތަކަށް ލުއިލިބޭ ތައްޔާރުކޮށްލަން ފަސޭހަ ބުއިމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބަނޑު ހިންދައިދިނުމުގެ އިތުރަށް ބަނޑުހިކުމުގެ މައްސަލަތަކަށް ލުއިލިބޭ ތައްޔާރުކޮށްލަން ފަސޭހަ ބުއިމެއް!

އެންމެ ގިނަ ބައެއްގެ އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަނޑު ބޮޑުވުމެވެ. މަސްޖެހުން ކީނަމަވެސް ޖަހަނީ ސަރުބީއެވެ. ސަރުބީތައް ވިރުވައިލެވުމުން މަސްގަނޑު ތިރިވަނީއެވެ. ހަމައެއާއިއެކު ބަނޑު ހަރުވެ ބޮޑުކަމުދާން އުނދަގޫވުމަކީވެސް ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ. މިގެނެސްދެނީ ތަޖުރިބާކޮށްލަން ރަނގަޅު ބުއިމެކެވެ.   

ބޭނުންވާ ތަކެތި:  

2 ސަމުސާ ފްލެކްސް ސީޑް ނުވަތަ 5 ބޮޑު މާބުޅާފަތް

5 ޕްލަމް

ލުބޮއެއްގެ ހުތް

300 އެމްއެލް ފެން  

ތައްޔާރުކުރާނެ ގޮތް:  

3 ބާވަތް އެކުގައި މިކްސަރަކުން ގިރައިލާށެވެ. ޖޫސް އެހެރީ ތައްޔާރުވެފައެވެ.  

ރަނގަޅީ ނުފުރާނައި ހެނދުނު ހުސްބަނޑާހުރެ ބުއިމެވެ. އަދި 30 މިނިޓްފަހުން ކާއެއްޗެއް ކެއުމެވެ.  

ތަޖުރިބާއިން އެނގޭ ގޮތުގައި މި ޖޫސް ބޭނުންކުރުމުން ސަރުބީގެ އިތުރުން ގޮހޮރުގައި ހަރުލާފައި ހުންނަ ބޭކާރު ކާބޯތަކެތީގެ ބާވަތްތައްވެސް ނެއްޓި ގޮހޮރުގެ ދޮޅަހެޔޮކަމަސް ފައިދާކުރެއެވެ.  

އެންމެ ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ފްލެކްސް ސީޑް ބޭނުންކުރުމުން ކޮލޮސްޓްރޯލުން ސަލާމަތްވެއެވެ. އަދި ކެންސަރު ޖެހުމާއިވެސް ދުރުކޮށްދެއެވެ.

މިޖޫސް ތަޖުރިބާކުރި މީހަކު ބުނެފައިވަނީ ފްލްކްސް ސީޑްގެ ބަދަލުގައި ބޮޑެތި ސައިޒުގެ މާބުޅާފަތުގެ 5 ފަތް ލައިގެން ޖޫސްގިރައި ބޭނުންކުރުމުން އޭނާއަށް ޝިފާ ލިބުނު ކަމަށެވެ. މާބުޅާފަތަކީ ބަނޑުހަރުވުމާ ފުރަގަސްފަރާތު ބައްޔަށް ފަރުވާއެއްކަން ދިވެހި ބޭސްހަދާ މީހުންގެ ކބައިން އެނގެއެވެ.

 

- މިއަދުނޫސް

 

 

 

މިއަދު އޮންލައިން