އަނބިންނާ ބައިވެރިޔާއާއެކު ދެމިހުންނަން ބޭންވާ އަނބިންގެ ކިބައިން ފެންނާނެ 3 ތަފާތެއް ބުނެލާނަމެވެ.
އަނބިން މީހުންގެ ކުރިމަތީގައި އެމީހުންގެ ފިރިން ބަދުނާމުކުރާނެއެވެ. ނަމަވެސް ބައިވެރިޔާއާއެކު ދެމިހުންނަން ބޭންވާ އަނބިން އެކަމެއް ނުކުރާނެއެވެ. ފިރިމީހާގެ އަގުހިފަހައްޓާނެއެވެ. މައްސަލަތަކާ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާނީ އެކަނި ތިބެއެވެ.
އަނބިން ވިސްނާނީ ކުށެއް ނުކުރުމަށެވެ. ނަމަވެސް ބައިވެރިޔާއާއެކު ދެމިހުންނަން ބޭންވާ އަނބިން ވިސްނާނީ ކުށެއް ނުކުރަން އެކަންޏެއް ނޫނެވެ. ބޮޑަށް ސަމާލުކަންދޭނީ ޖެހޭ މައްސަލަ ޙައްލުކުރުމަށެވެ.
އަނބިން ވިސްނާނީ ތިމާގެ ކޮޅު މޮޅުކުރުމަށެވެ. ބައިވެރިޔާއާއެކު ދެމިހުންނަން ބޭންވާ އަނބިން މަސައްކަތްކުރާނީ ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެން ނަމަވެސް ދެމަފިރިންގެ ގުޅުން މަތީ ހަރުފަތަކަށް ގެންދިއުމަށެވެ.
އަނބިން ކަމަށް އަހުރެން މާނަމިކުރީ ކައިވެނިކޮށްގެން ހުރިނަމަވެސް ދެމަފިރިންގެ ދިރިއުޅުމަށް އެހައިބޮޑަށް ސަމާލުކަންނުދޭ އަންހެނުންނަށެވެ. އަންތބެއްގެ ގޮތުގައި އިނދެވުނީމާ ހުރިހާ ކަންކަން ފުރިހަމަވީކަމަށް ވިސްނާ އަންހެނުންނަށެވެ. ބައިވެރިޔާއާއެކު ދެމިހުންނަން ބޭންވާ އަނބިން މާނަމިކުރީ ދިރިއުޅުމާއިމެދު ފުންކޮށްވިސްނައި ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެން ނަމަވެސް ކައިވެނި ދަމަހައްޓަން މަސައްކަތްކުރާ އަންހެނުންނަށެވެ.
ހަމައެކަނި އަންތބަކަށްވުމަކުން ނުފުދޭނެއެވެ. ބައިވެރިޔާއާއެކު ދެމިހުންނަން ބޭންވާ އަންތބަކަށް ވެގެން ނޫނީ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. ފިރިން ކުރަންޖެހޭނެ ކަމަކީ އަންތބަކު ހޯދުމުގެ ބަދަލުގައި ތިމާއާއިއެކު ދެމިހުންނަން ބޭންވާ އަންތބަކު ހޯދުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން