ތިމާގެ ކިބައިގަ ހުންނަ ހަރުކަށިކަން ފިލުވައިލަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާގެ ކިބައިގަ ހުންނަ
ހަރުކަށިކަން ފިލުވައިލަން ބޭނުންތަ؟


ޠަބީޢީ ގޮތުންވެސް ބައެއް މީހުންގެ ހިތުގައި ހަރުކަށިކަން ވެއެވެ. އެއީ އެއްވެސް ޙާލެއްގައި އުފަންވާއިރު ހުންނަ މައްސަލައެއް ނޫނެވެ. އެފަދަ މައްސަލަތައް ކުރިމަތިވަނީ އުޅެބޮޑުވާ މާޙައުލުންނެވެ. ކުޑައިރު ފެންނަ މަންޒަރުތަކާއި އޭނާ އާއިމެދު ޢަމަލުކުރެވޭ ގޮތުންނެވެ! އެއިގެ އިތުރުން އެކުގައި އުޅެވޭ މީހުންގެ ސަބަބުންވެސް އެކަން މެދުވެރިވެއެވެ.  

މިފަދަ މައްސަލަތައް ކުރިމަތިވާ މީހުންނަށް ފަރުވާއެއް ކަމުގައި ޢިލްމުވެރިއަކު ވިދާޅުވެފައެވެ. "ހަރު ހިތްތައް މަދުކޮށްލާނޭ އެތައް އާޔަތްތަކެއް ކީރިތި ޤުރްއާނުގައިވެއެވެ. އެފޮތް ކިޔަވައި ވިސްނައި ފިކުރުކުރާ މީހަކަށެވެ."

ކީރިތި ޤުރްއާން ކިޔަވައި މާނަ އުނގެނޭނަމަ އެމީހަކަށް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް އެނގެމުންދާނެއެވެ! އެނގެމުންދާ ވަރަކަށް ހިތަށް ދާނީ ބިރުވެރިކަން ވަންނަމުންނެވެ. މަޑުމޮޅިކަންވެސް ދާނީ ލިބި އިތުރުވަމުންނެވެ.

"ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތަށް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟

ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިއައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ." (އަލްޙަދީދް: 57:16)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން