ކަމެއް ކުރިމަތިވާއިރަށް ޝަކުވާކުރެވޭނަމަ އެއީ މައްސަލައެއް! މިކަންކަމަށް ވިސްނައިލުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކަމެއް ކުރިމަތިވާއިރަށް ޝަކުވާކުރެވޭނަމަ އެއީ
މައްސަލައެއް! މިކަންކަމަށް ވިސްނައިލުން މުހިންމު!


ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަކީ ކުރަން އޮތް ކަމެކެވެ. ނަމަވެސް ޝަކުވާއެއްގެ ގޮތަކު ނޫނެވެ. އެކަން ޙައްލުކޮށްދެއްވެވުން އެދިގެން ކުރާ ދުޢާއެއްގެ ގޮތުގައެވެ.  

މުސްލިމުންނަށް މިއީ އެންމެ ފައިދާހުރި ގޮތް ނަމަވެސް އެކަމަށްށް ވިސްނަނީ ވަރަށް މަދު މީހެކެވެ. ކިރިޔާ ކަމެއް ކުރިމަތިވާއިރަށް އޮންނަނީ ޝަކުވާ ކުރުމެވެ.

"އުފަލުގައި ދިރިއުޅެވޭނީ ކުރިމަތިވާ ޙާލަތްތަކަށް ޝަކުވާ ނުކޮށް ދިރިއުޅެން މަސައްކަތްކުރާ މީހުންނަށެވެ. ހަމަ ކޮންމެ ކަމަކާއި ކަންބޮޑުވެ ޝަކުވާ ކުރަން ޖެހުނު ނަމަވެސް ތިބާގެ ވަށައިގެންވާ މީހުންނަށް ބަލާށެވެ!

ކޮންމެ ހިތްދަތިކަމަކީވެސް އަދި ކޮންމެ ކަންބޮޑުވުމަކީވެސް ﷲ ތަޢާލާ މިންވަރު ކުރެއްވެވި އިންޒާރުގެ ރަނގަބީލެއް ކަމަށް ދެކޭށެވެ. އެކަން އެގޮތިގައި ބަލައިގަނެ ރަނގަބީލަށްޓަކައި ޝުކުރުވެރިވާށެވެ!

ތިމާއަށް ދިމާވާ ކަމަކާއި ނުވަތަ ޙާލަތަކާއި ގުޅިގެން ޝަކުވާ ކުރާ ނަމަ އެއަށްވުރެ މާދަތިޙާލުގައި ތިބި މީހުންގެ މަތިން ހަނދުމަކޮށްލުމުން ޝަކުވާކުރަން ލަދުވެތިވެވޭނެއެވެ!"

މުސްލިމުންގެ ސިފައަކަށް ހަދަންވީ ޝަކުވާ ކުރުމެއް ނޫނެވެ! ކެތްތެރިވުމެވެ! ޝުކުރުވެރިވުމާއި  ތައުބާވުން ގިނަކުރުމެވެ.

މިސާލަކަށް އަހަރެމެންގެ ގެ ބުރިބުރިއަށް ނުހެދިގެން ޝަކުވާކުރާއިރު އެއްވެސް ފުރާޅެއް ނެތިގެން މަގުމަތީގައި ނިދަން ތިބީ ކިތައް ހާސް މީހުން ކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ! ބައްޔެއް ޖެހިގެން ޝަކުވާކުރާއިރު އެއްވެސް ޙަރަކާތެއް ނުކުރެވި އެތައް އަހަރެއް ވަންދެން އެނދުމަތީގައި އެތިބަ އެތައް މިލިއަން މީހުންނަށް ވިސްނައިލާށެވެ! ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގައި ކޯމާތަކުގައި ތިބި މީހުންނަށް ވިސްނައިލާށެވެ!

މިފަދަ ކަންކަމަށް ވިސްނައިލުމުން ކަމެއް ދިމާވާއިރަށް ޝަކުވާ ކުރަން ލަދުގަންނަން ޖެހޭނެ ކަމަށް މިބުނާ ސަބަބު ވިސްނޭނެއެވެ!

އައްޔޫބްގެފާނު ނުހަނު ބޮޑު އާލާސްކަންފުޅުގައި އެތައް އަހަރެއްވަންދެން އޮންނެވިއިރުވެސް ޝަކުވާ ނުކުރެއްވެވިތަނުގައި ޝިފާއަށް އެދިވަޑައިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ނުދެންނެވީ ލަދުފުޅުންނެވެ. ޝިފާއަށް އެދިވަޑައިގެން ދުޢާކުރެއްވެވީ ދެން އެހެން ގޮތެއް ފެނިވަދައިނުގަތުމުންނެވެ. ދުޢާކުރެއްވެވިއިރު ދުޢާކުރެއްވެވީވެސް ވަރަށް ލަދުފުޅުން އޮންނަވައިގެންނެވެ.

--މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން