ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ ލަންގްސް ސާފުކޮށްދީ ދުޅަހެޔޮކަން ގެނެސްދޭނެ ބުއިމެއް!

ކިޔުމަށް ހޭދަވާނީ 1މ 52ސ
ދުންފަތުގެ އިސްތިއުމާލްކުރާ މީހުންގެ ލަންގްސް ސާފުކޮށްދީ ދުޅަހެޔޮކަން ގެނެސްދޭނެ ބުއިމެއް!

ސިއުޒާ

 

މި ހިއްސާ ކޮށްލާ ބުއިމަކީ ސިނގިރޭޓް ބޯ މީހުން އެމީހުންގެ ލަންގްސް ސާފުކޮށްލަން އެހީތެރިވެދޭނެ ބުއިމެކެވެ. އެހެނަސް ސިނގިރޭޓް ބޮމުން ގެންދާނަމަ ރަނގަޅު ގޮތަކީ ވީއެންމެ އަވަހަށް އެކަން ހުއްޓާލުމެވެ.  

އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ކޮންމެ ކަމެއް އިސްލާމް ދީނުގައި ބެލެވެނީ ހަރާމް ކަމެއްގެ ގޮތުގައެވެ. ސަބަބަކީ ތިބާގެ ހަށިގަނޑަކީ ﷲ ތިބާއާ މަތި ކުރައްވާފައިވާ އަމާނާތެކެވެ. އެހެންކަމުން އެ ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމުގައި ތިބާ ޒިންމާ ވާންވާނެއެވެ. އެހެން ކަމުން ސިނގިރޭޓް ބުއިން ހުއްޓުމަށް މަސައްކަތް ކުރަމުން ދާއިރު، ތިބާގެ ލަންގްސް އަށް މި އެހީ ފޯރުކޮށްދެވިދާނެއެވެ. 

ބޭނުންވާނެ ތަކެތި:

1 ތަށި ފެން

1 ސައި ސަމުސާ ރީނދޫ

އިނގުރު ކޮޅެއް

2/1 ލުނބޯގެ ހުތް

1 މޭޒުމްތީ ސަމުސާ ގުދުރަތީ މާމުއި 

ފެންތަށި ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު ދެންހުރި ހުރިހާ އެއްޗެއް އެ ފެންފޮދު ތެރެއަށް އަޅާލާށެވެ. އަދި 10 ވަރަކަށް މިނިޓް ބަހައްޓާލާށެވެ.  

ކޮންމެ ދުވަހެއްގެ ހެނދުނު ހުސްބަނޑާ ހުރެ މި ފެންފޮދު މަޑުމަޑުން ބޯލާށެވެ.  

ރީނދޫ އަކީ ޤަބޫލު ކުރެވޭ ގޮތުގައި ލަންގްސް ގައި ހުންނަ އިންފްލެމޭޝަން ދަށް ކޮށްދޭ އެއްޗެކެވެ. އިނގުރަކީ މިޔުކަސް އަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ލުނބޯލުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ޓޮކްސިންގެ ބައި ނައްތާލަދެއެވެ. 

އެހެނަސް މިޔުކަސް މެމްބްރެއިން ރިކަވާ ކޮށްދިނުމަށް އެހިވެދިނުމުގެ ގޮތުން މި ހުރިހާ މާއްދާއެއް އެކަތިގަނޑަކަށް ހަދާލަދޭ އެންމެ މުހިއްމު މާއްދާއަކީ މާމުއެވެ. 

ޤުރުއާނުގައި ވަނީ " މާމުއީގެ ތެރޭގައި އުޅޭ މީހުންނަށް ފަރުވާއެއް ވެއެވެ."

މާމުޔާ ނުލައި މި ބުއިން ވާނީ ހަމައެކަނި ސަޔަކަށެވެ. އެހެނަސް މާމުޔާއި އެކުނަމަ މިއީ ހަޤީގީ ފަރުވާއެކެވެ.

އެހެނަސް ފިހާރަތަކުން ޢާންމުކޮށް ގަންނަން ހުންނަ މާމުޔަކީ މި ބުއިމަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫނެވެ. ސަބަބަކީ އެ ބާވަތުގެ މާމުއީގައި އާންމުގޮތެއްގައި ޝުގަރ ސިރަޕް ފަދަ އެއްޗެހި އަޅައި އެއްކޮށްފައި ހުރުމެވެ. އެ ސިރަޕް އަކީ މިޔުކަސް އަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫނެވެ. ވީމާ ފެންވަރު ރަނގަޅު، އޮރިޖިނަލް މާމުއި ބޭނުންކުރާށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން