މިއީ ހަނދުމަކޮށްދިނުމެކެވެ. ތިބާއަށް އެންމެ ފައިދާހުރި ކަންތަކަށެވެ. ތިބާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށްވުރެ ފައިދާހުރިކަމެއް ނެތީމައެވެ!
އެލުވެރިންނަށް ޙިއްޞާކޮށްލަންވީ އެމީހުންނަށް ހަނދުމަކޮށްލައި ދިނުމަށެވެ. ތިބާގެ ސަބަބުން މީހަކު ހެޔޮކަމެއްކުރަން ފަށައިފިނަމަ އެމީހާއަށް އެއްވެސް މިންވަރެއް އުނިނުކުރައްވަވައި އޭނާކުރާ ހެޔޮ ޢަމަލުން ތިބާއަށްވެސް ޘަވާބުދެއްވަވާނެތެވެ! އިން ޝާ ﷲ
މިއީ ހެނދުނާއި ހަވީރު 100 ފަހަރު ކިޔުން ވާރިދުވެގެންވާ ޛިކުރުތަކުގެ ތެރޭގައިވެސް ހިމެނޭ ޛިކުރެކެވެ. ކިޔެވުމުން އެހައި ބޮޑު ނިޢްމަތެއް ލިބެން އޮތްއިރު،ޢާންމުކޮށް ކިޔާ މީހަކަށް 100 ފަހަރު ކިޔާލަން ހޭދަވާނީ އެންމެ 2 މިނިޓްއިރެވެ. އެވަރު ނުކުރެވޭނަމަ ތިމާ އަކީ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭ އަޅަކުކަމުގައި ދަންނަވާނީވވެސް ކިހިނަކުންހެއްޔެވެ؟
އަޅުގަނޑުމެންނަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާ ބައަކަށްވަމާތޯއެވެ! އަދި ދަރިން އެކަމަށް އާދަކުރުވަމާތޯއެވެ!
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް