އިމްތިޙާނު ހަދާ ދަރިވަރުންނަށް ރައީސް ޑރ.މުޢިއްޒުގެ ނަސޭހަތް: ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ކިޔެވުމަށް އިސްކަންދީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިމްތިޙާނު ހަދާ ދަރިވަރުންނަށް ރައީސް ޑރ.މުޢިއްޒުގެ ނަސޭހަތް: ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ކިޔެވުމަށް އިސްކަންދީ!

އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރުންނާއި އޭލެވެލް އިމްތިޙާނަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރުދެއްވައި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ނޭޝަން ޗެޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދަރިވަރުން ވަގުތަށް ކަމޭހިތުމަށާއި، ކުޅިވަރާއި ސަކަރާތުގެ ތެރޭގައި އުޅުނުކަމުގައި ވިޔަސް ކިޔެވުމަށް އިސްކަންދިނުމަށް އިލްތިމާސްކުރައްވާފައެވެ.

"ކުޅިވަރުވެސް ކުޅެންޖެހޭނެ، މަޖާވެސް ކުރަންޖެހޭނެ. އެކަމަކު ކިޔަވާ ކުދިންނަށް ވީތީ ކިޔެވުމަށް ސަމާލުކަންދޭންވާނެ. މައިންބަފައިންގެ ބަސް އަހަންޖެހޭނެ. ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާށޭ. ނަމާދު ކުރަންޖެހޭނެ ބަރާބަރަށް. އޭރުން ރަނގަޅުވާނީ،" ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، އެމަނިކުފާނުގެ ސްކޫލް ދުވަސްވަރުގެ ތަޖުރިބާތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް އެންމެ ރަނގަޅު ނަތީޖާ ހޯއްދެވުމަށް ގަދައެޅުއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން، އޭރާއި މިހާރުގެ ކިޔެވުން ތަފާތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސްކޫލްގައި ކިޔަވައިދޭ މާއްދާތަކުގެ އިތުރުން އިތުރު މާއްދާތައްވެސް އިމްތިޙާނުގައި ހެއްދެވި ކަމަށެވެ.

މިއަދު އޮންލައިން