3 އަހަރުގެ މެދުކެނޑުމަކަށްފަހު މެލޭޝިއާގައި އެސްއެސްސީ އިމްތިޙާނު ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
3 އަހަރުގެ މެދުކެނޑުމަކަށްފަހު މެލޭޝިއާގައި އެސްއެސްސީ އިމްތިޙާނު ބާއްވައިފި

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، މެލޭޝިއާގައި ދިވެހިރާއްޖޭގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިޙާނު މި މަހުގެ 20 އިން 24 ގެ ނިޔަލަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި އިމްތިޙާނު މެލޭޝިއާގައި ބާއްވާފައިވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އާއި މޯލްޑިވްސް ކަލްޗަރަލް ސެންޓަރު ގުޅިގެންނެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ 'ރިވެލި ކްލާސް' ތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އިމްތިޙާނު ހެދުމަށްޓަކައި މާލެ އަންނަން ނުޖެހި އެ ޤައުމުގައި ތިބެގެން އިމްތިޙާނު ހެދޭނެ މަގުފަހިކޮށްދިނުމަކީ މި އިންތިޒާމު އަލުން ހަމަޖެއްސުމުގެ މައިގަނޑު ބޭނުމެވެ.

މެލޭޝިއާގެ އިތުރުން އަވަށްޓެރި ސްރީލަންކާގައިވެސް މި މަހު ވަނީ އެސްއެސްސީ އިމްތިޙާނު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މަހުގެ 20 އިން 23 ގެ ނިޔަލަށް ސްރީލަންކާގައި ކުރިއަށްދިޔަ މި އިމްތިޙާނުގައި ޖުމްލަ 9 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މިއަދު އޮންލައިން