އަޅުގަނޑަކީ ވަރަށް އާދައިގެ ކުޑަކުޑަ ސައި ހޮޓަލެއް ހިންގަމުން އައި މީހަކީމެވެ. ލިބޭ އާމްދަނީން ގޭގެ ޚަރަދުތައްވެސް އޮންނަނީ ނުބެލެހެއްޓިފައެވެ. އެކަމަކު އަބަދުވެސް ލިބޭ މިންވަރަށް ޝުކުރުވެރިވަމެވެ.
އެއްދުވަހަކު ސައިބޯންވަން ދެބަފައިންނެވެ. ތިބިގޮތުން ދެބަފައިންވެސް ތިބީ ވަރަށް ބަނޑުހައިވެގެންކަން އެނގެއެވެ. އެކަމަކު ނެގީ 2 ހެދިކާއާއި އެންމެ ކަޅުސައިތަށްޓއކެވެ. އަޅުގަނޑު ދެބަފައިންނަށް ފުދޭވަރަށް ހެދިކާދިނީމެވެ. ދެތަށި ސައިވެސް ދިނީމެވެ. އެއްވެސް އަގެއް ނުނަގަމެވެ.
އަޅުގަނޑު އެމުސްކުޅި މީހާގެ ކިބައިން ކަމަކަށް އެދުނީމެވެ. އެއީ އަޅުގަނޑަށްޓަކައި ހެޔޮދުޢާއެއް ކޮށްދިނުމަށެވެ. އެމީހާ އަޅުގަނޑަށް ހެޔޮދުޢާކޮށްދިނެވެ. އެކަމަށް އަލުގަނޑު އެދުނީ ކުރީ ރޭގެ ފަތިސްނަމާދަށްފަހު މީހަކު ދިން ނަޞީޙަތަކާއި ގުޅިގެންނެވެ. އޭނާ ބުނީ ދަތިޙާލުގައި ތިބޭ މީހުންނަށް ސައިދީފައި އަގުނުނެގުމަށާއި އެމީހުންގެ ހެޔޮދުޢާއަށް އެދުމަށެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމަށެވެ.
އަޅުގަނޑަށް މިވަނީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައެވެ. މިއީ އެއިގެ 3 އަހަރުފަހެވެ. ރަނގަޅު ފެންވަރުގެ 2 ހޮޓާ އެބަ ހިންގަމެވެ. ދިރިއުޅެމުން މިއަންނަނީ ފުދިގެންހުރެއެވެ. އެއްވެސް މީހަކަށް ދަރަނިވެރިނުވެ ހުރިހާ ބޭނުންތަކެއް ފުއްދައި އިތުރުވެސް ވެގެންނެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި އޭނާގެ ވާހަކައެވެ. ދަތިޙާލުގައި ހުރެގެންވެސް ނިކަމެތިންނަށް އެހީތެރިވުމަށް ބާރުއަޅުއްވައި ޢިލްމްވެރިން ވިދާޅުވަމުން ގެންދަވާ ބަސްފުޅުތައް މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ގިނައިން ގެނެސްދެވިފައިވާނެއެވެ. މިމީހާގެ ވާހަކައަކީވެސް ޢިބްރަތަކަށް ފުދޭނެ އަގުހުރި ވާހަކަކޮޅެކެވެ. އިން ޝާ ﷲ
- މިއަދުނޫސް