ދަރިން ކުރާ ނުރަނގަޅު ކަންތައްތަކަށް ރުޅިއަންނަ ފަދައިން ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ ހިތްވަރު ނުދޭނަމަ އެއީ ކުދިން މާޔޫސްވެ ރަނގަޅު ކަންކަން ކުރަން ފޫހިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދަރިން ކުރާ ނުރަނގަޅު ކަންތައްތަކަށް ރުޅިއަންނަ ފަދައިން ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ ހިތްވަރު ނުދޭނަމަ އެއީ ކުދިން މާޔޫސްވެ ރަނގަޅު ކަންކަން ކުރަން ފޫހިވާ ކަމެއް!

ދަރިން ކުރާ ނުރަނގަޅު ކަންތައްތަކަށް ރުޅިއަންނަ ފަދައިން ކުރާ ރަނގަޅު ކަންތައްތައް ބަލައިގަނެ ހިތްވަރުދޭންވާނެއެވެ. ނުދޭނަމަ އެއީ ކުދިން މާޔޫސްވެ ރަނގަޅު ކަންކަން ކުރަން ފޫހިވާ ކަމެކެވެ. އެހިސާބުންކިޔެވުމަށްވެސް ހުރަސް އެޅެއެވެ. ރަނގަޅު ކުދިންގެ ބަދަލުގައި ނުބައި ކުދިންނާއިއެކުގައި އުޅެންވެސް ފަށައެވެ.  

ތިމާއަށް ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކުރެވޭ ފަދައިން ދަރިން ކުށެއް ކުރީމާ އެކުރީ ކުށެއް ކަމަށް ޤަބޫލުރަންވެސް މިއަދު މިއުޅެނީ އުނދަގޫކަމަކަށްވެގެންނެވެ. ގިނަ ބެލެނިވެރިން ބަލަނީ އަވަހަށް އެކަން ކޮންމެވެސް އެހެން ކުއްޖެއްގެ ކިބައި އަޅުވައިލެވޭތޯއެވެ. ތިމާގެ ދަރިފުޅު އެކުށްކުރީ މިވެނި އެވެނި ކުއްޖެއެއްގެ ސަބަބުންކަމަށް ބުނެ ނިންމައިލެވޭތޯއެވެ.  

ފަހަރެއްގައި ތިބާގެ ދަރިފުޅަށް އެކަން ކުރެވުނީ އެކުގައި އުޅެވުނު ކުއްޖެއް ނުވަތަ ކުދިބައެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީއަކީ ތިބާގެ ދަރިފުޅު ކުރީ ކުށަކަށް ނުވާނެ ސަބަބެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ތިބާގެ ދަރިފުޅު ކުރީ ކުށެއްކަމަށް ޤަބޫލުކުރާށެވެ! އެއަށްފަހު އެފަދަ ކުށެއް ތަކުރާރުނުކުރާނެ ގޮތަށް ކަންކަންކުރަން މަސައްކަތްކުރާށެވެ!

ނަޞޭޙަތްދޭށެވެ! އަނިޔާއަކަށް ނުވާނެ ގޮތަށް އަދަބުދޭށެވެ! ދަރިފުޅަށް ކޮށްދެމުން އަންނަ ކަންކަމުން އުނިކުރަންޖެހޭނަމަ އެކަންވެސް ކުރާށެވެ!  

"އެންމެ ލޯބިވާ ދަރިންވެސް ނުރަގަޅު ކަމެއްކުރީމާ އެކަމާ ނުރުހުންފާޅުކޮށް އެކަން ރަގަޅު ކުރުވަން މަސައްކަތްކުރަންޖެހޭނެއެވެ. އަދި ރަގަޅު ކަމެއްކޮށްފިނަމަ އެކަމަށް ހިތްވަރުދީ އެފަދަކަންކަމުގައި ދެމިހުރުމަށް ހިތްވަރުދޭންޖެހޭނެއެވެ."  

އެނގިގެންމިދަނީ ދަރިން ކުށެއް ކުރުމުން އެކަންފާހަގަކުރާ ފަދައިން ދަރިން ރަނގަޅުކަމެއް ކުރުމުން އެކަންވެސް ފާހަގަކޮށް ތައްރީފްކޮށް ހިތްވަރުދޭންޖެހޭނެ ކަމެވެ. އިނާމުވެސް ދޭންޖެހޭނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން