ތަފާތު މައްސަލަތައް ކުރިމަތިވެ ފުއްޕާމޭގެ މައްސަލަތައް ގިނަވަމުން އަންނައިރު ކޮންމެހެންވެސް ބޭނުންކޮށްލަން ފައިދާހުރި ބުއިމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ތަފާތު މައްސަލަތައް ކުރިމަތިވެ ފުއްޕާމޭގެ މައްސަލަތައް ގިނަވަމުން އަންނައިރު ކޮންމެހެންވެސް ބޭނުންކޮށްލަން ފައިދާހުރި ބުއިމެއް!

ސިއުޒާ

 

ނޭވާލާ ނިޒާމަށް ޖެހޭ ަމއްސަލަތައް ގިނަވެއްޖެއެވެ. ފުއްޕާމޭގެ ބަލިތައް ޢާންމުވެއްޖެއެވެ. ވަށައިގެން އެނބުރެމުންދަނީ ސަބަބުތަކެވެ. އެއްބައަކަށް ގެންގުޅެވޭ ނުބައި އާދަތަކެވެ. އަނެއްބައަކަށް ވަށައިގެން އެނބުރޭ ޖަރާސީމުތަކެވެ.

ވީމާ މިގެނެސްދެނީ ފުއްޕާމޭ ސާފުކޮށްލަދީ އިމިޔުނިޓީ ބޫސްޓް ކޮށްލަދޭނެ ބުއިމެކެވެ.  

ބޭނުންވާނެ ތަކެތި:

1 ލުނބޯ

2 ލޮނުމެދު

2 އިނގުރު ފޮތި

1 ރަތްފިޔާ

300 މލ ފެން

ލުނބޯ ހުންނަންވާނީ ތޮށްޓާއި އެކު ފޮތި ކޮށްލާފައެވެ. އަދި ލޮނުމެދު ހުންނަންވާނީ ޗަސް ކޮށްލާފައެވެ. ފިޔާކޮޅު ހުންނަންވާނީ ކުދިކޮށް ކިޔުބުކޮށް ކޮށާލާފައެވެ. ރަތް ފިޔާއަކީ ރެސްޕިރޭޓަރީ ސިސްޓަމް ވަރުގަދަ ކޮށްލަދޭ އެއްޗެކެވެ. އަދި އެސްތްމާ ފަދަ ކަންކަމަށް މި ބުއިމުން ހައްލު ލިބިދެއެވެ.

ހުރިހާ އެއްޗެއް އެއްކޮށް ތެއްޔަކަށް އަޅާލުމަށް ފަހު 10 މިނިޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ. އަދި ހަފްތާއަކު އެއްފަހަރުނަމަވެސް މިބުއިން ބޯށެވެ.  

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން