ޢާއިޝަތު ރަފާޙް ޢަލީ
އިންސާނާއަށް އޭނާ ކުރާ ފާފައެއްގެ ސަބަބުން އޭނާގެ މުދާތައް މަޙްރޫމުވެވިދާނެއެވެ.
ނޫޙު ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް 950 އަހަރު ވަންދެން ދަޢުވަތު ދެއްވިއެވެ. އެ މީހުން އެކަލޭގެފާނަށް މަލާމާތްކޮށް، ފުރައްސާރަކުރިއެވެ.
އެ މީހުން އެކަލޭގެފާނަށް މަލާމާތްކޮށް ދަތިތައް ކުރިމަތިކުރި ނަމަވެސް، އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެ މީހުންނަށް ދެންނެވީމެވެ. ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. ﷲއީ ފާފަފުއްސެވުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ފާފަތައް ފުއްސަވައި ރަސްކަލާނގެއެވެ.
ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވައިފިނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ތަނަވަސްކަމާއެކު ވާރޭ ވެއްސަވައިދެއްވާނެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށް ދަރިންނާއި މުދަލުގެ ތަނަވަސްކަންވެސް ދެއްވާނެއެވެ.
ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10 ވަނަ އާޔަތުން ފެށިގެން 12 ވަނަ އާޔަތައް ވަޙީކުރައްވާފައިވެއެވެ.
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾
މާނައީ: ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"
- ޝައިޚް އަދުނާން މެންކުގެ ދަރުސަކުން
- މިއަދުނޫސް