އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

މަދީނާ އިސްލާމިކް ޔުނިވާސިޓީން ބާއްވާ ޚާއްސަ ކޮންފަރެންސެއްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސްއަކީ "އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސަޢުދީ ޢަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" މި ނަމުގައި މަދީނާ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ ޚާއްސަ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން