ވަޒީރުން ސީދާ ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ "އަހާ" ފޯރަމް މިރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ވަޒީރުން ސީދާ ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ "އަހާ" ފޯރަމް މިރޭ!

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށާއި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ވަޒީރުން ސީދާ ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ "އަހާ" ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމެކެވެ. މި ފަހަރުގެ ފޯރަމުގައިވެސް ކެބިނެޓުގެ 3 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ "އަހާ" ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

ޖުމްލަ ދެ ގަޑިއިރަށް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެ ސުވާލުކުރުމުގެ އިތުރުން ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވަޒީރުންނަށް ސުވާލު ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިއަދު އޮންލައިން