ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ މަދުވެގެން 15 އަހަރު ވުމުން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ މަދުވެގެން 15 އަހަރު ވުމުން!

ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ މަދުވެގެން 15 އަހަރު ވުމުން ކަމަށް ހަމަޖައްސައި، ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ހިންގުމުގެ ޤަވާއިދު އެކުލަވާލައިފިއެވެ.

އަލަށް އެކުލަވާލި ޤަވާއިދުގައިވާ ގޮތުން، ޔުނިވަރސިޓީގެ ދަރަޖަ ހޯދުމަށްޓަކައި މަދުވެގެން ތިން ދާއިރާއަކުން މެދުކެނޑުމެއްނެތި ފަސް އަހަރު ދުވަހު ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިންގާފައިވާން ޖެހެއެވެ. މީގެއިތުރުން، އެ މުއައްސަސާއެއްގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު 1،000 އަށްވުރެ މަދުވެގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މުވައްޒަފުންގެ ފެންވަރަށް ބަލާއިރު، އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ކަނޑައަޅާފައިވެއެވެ.

ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ވަޒަންކޮށް އިވެލުއޭޓު ކުރާނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ ކޮމިޓީއަކުންނެވެ.

މި ޤަވާއިދުގެ ދަށުން ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރުމުގެ ފީއަކީ 100,000 ރުފިޔާއެވެ. އަދި އިތުރު ކޮންމެ ކެމްޕަހަކަށް 15,000 ރުފިޔާގެ ފީއެއް ދައްކަންޖެހޭއިރު، ލާނިން ސެންޓަރެއް ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހެނީ 3,000 ރުފިޔާއެވެ.

މިއަދު އޮންލައިން