ރަނގަޅަށް ވިސްނާތި!: ދުނިޔަވީ ފައިދާއަށް ދަހިވެތިވެ ނަމާދަށް އަވަސްވެ ނުގަންނަ މީހުންނަށް ލިބޭނެ އެންމެ ބޮޑު 2 ދެރަ ފޫބެއްދޭނެ އެއްވެސް ގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރަނގަޅަށް ވިސްނާތި!: ދުނިޔަވީ ފައިދާއަށް
ދަހިވެތިވެ ނަމާދަށް އަވަސްވެ ނުގަންނަ މީހުންނަށް ލިބޭނެ އެންމެ ބޮޑު 2 ދެރަ
ފޫބެއްދޭނެ އެއްވެސް ގޮތެއް ނެތް!


މީސްތަކުންނޭވެ! ދުނިޔޭގެ އެންމެ ކާމިޔާބު މީހުންނަށް ބަލާށެވެ! އެމީހުންގެ ޙަޔާތް ކާމިޔާބުކުރުމުގައި ނަމާދަށް ދިން ސަމާލުކަމަށް ވިސްނާށެވެ! އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖަ އާއިމެދު ވިސްނައިލާށެވެ! އެމީހުންގެ މަގު އިޚްތިޔާރުކުރާށެވެ! އެބައަކީ ޞަޙާބީންނެވެ!  

މިއަދަށް ބެލިނަމަވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. ކުރާ މަސައްކަތުގައި ކާމިޔާބުކަމާއިއެކު ކުރިއަރައިދެވި އެކަމުން ޙަޤީޤީ ފައިދާ ކުރާ ބައަކީ ނަމާދަށް އަވަސްވެގަންނަ މީހުންނެވެ. މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

ޖަމާއަތުގައި ނަމާދުކުރަން އުނދަގޫވަނީ އެވަގުތު ކުރަން ހުރި އެހެން މަސައްކަތްތަކުން ލިބިދާނެ ފައިދާއަށް ވިސްނާތީއެވެ. ލިބެން އޮތް މަންފާއެއް ގެއްލިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. ކުރަންހުންނަ ކަންކަން ނިންމާލާފައި ކުރިއްޔާ ހަށްޓަށް ލުއިވެދާނެކަމަށް ވިސްނޭތީއެވެ. ނަމާދުކުރުން ލަސްކޮށްލާފައި އެވަޤުތު ލިބިދާނެކަމަށް އުންމީދުކުރާ ފައިދާކޮޅަށް ދަހިވެތިވެވޭތީއެވެ. 

އެފަދަ މީހުން ވިސްނައިލަން ޖެހޭ ފުރަތަމަ ކަމަކީ ބަންގީގެ އަޑު އިވުމުން އަވަހަށް އިޖާބަ ދިނުމަށް އަމުރުފުޅު ކުރެއްވެވީ ތިމާ އުންމީދުކުރާ ހުރިހާ މަންފާތަކެއް ތިމާއަށް މިންވަރު ކޮށްދެއްވަވާނެ ﷲ ތަޢާލާ ކަމެވެ. ދެވަނައަށް ވިސްނައިލަންވީ ނަމާދުގެ ޖަމާޢަތް ގެއްލުވާލައިފިނަމަ އެ ދޫކޮށް ލެވެނީ އެނަމާދުން ތިމާއަށް ޙާޞިލުކުރެވެން އޮތް 27 ގުނަ ކަމެވެ. އެކަނި ކުރުމުން އެ ނިޢުމަތް ނުލިބޭނެ ކަމެވެ. 

ވީއިރު ޔަޤީންކަމާއިއެކު ހޯދެން އޮތް 27 ގުނަ ޘަވާބުގެ ފައިދާ ލިބިދާނެ ކަމަށް އުންމީދުކުރާ ކުޑަ ފައިދާކޮޅެއް ލިބިގަތުމުގެ ބޭނުމުގައި ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟ ހެޔޮ ނުވާނެކަން ޔަޤީނެވެ. އަދި އެއްވެސް ބުއްދިވެރިއަކު އެކަމެއް ނުކުރާނެކަންވެސް ޔަޤީނެވެ.

 --އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން