އެކުވެރިކަން ބާއްވަންޖެހޭ މިންގަނޑު ބަޔާންކުރެއްވެވި މިޙަދީޘަށް ޢަމަލުކުރާނަމަ އެކުވެރިންގެ ފަރާތުން ދެރަލިބުމުގެ ބަދަލުގަ ކުރާނީ ފައިދާ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެކުވެރިކަން ބާއްވަންޖެހޭ މިންގަނޑު
ބަޔާންކުރެއްވެވި މިޙަދީޘަށް ޢަމަލުކުރާނަމަ އެކުވެރިންގެ ފަރާތުން ދެރަލިބުމުގެ
ބަދަލުގަ ކުރާނީ ފައިދާ! އިން ޝާ ﷲ

 

މުސްލިމުންގެ މެދުގައި ގުޅުން އޮންނަންވާނެއެވެ. ނަމަވެސް ގާތްގުޅުން ބާއްވަންޖެހޭނީ އެންމެންނަށް އެއްވަރަކަށް ނޫނެވެ. ތިމާގެ އާޚިރަތަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށެވެ. އާޚިރަތް ގެއްލެނިވެގެން ނުދާނެ ގޮތަށެވެ.  

ކޮންމެ މީހަކުވެސް ވިސްނައިލަންވީ ރަސޫލް (ﷺ)ގެ މި ޙަދީޘްފުޅަށެވެ.  

ޢަމްރު އިބުނުލް ޢާޞްގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލް (ﷺ) ސިއްރު ކުރެއްވެވުމެއް ނެތި، ފައުޅުގައި ޙަދީޘްފުޅު ކުރެއްވެވި އަޑު ތިމަން އެހީމެވެ. ތިމަން ކަލޭގެފާނުގެ (ރަސޫލް (ﷺ ގެ) ޢާއިލާގެ މިވެނި ބައެއް މީހުންނަނަކީ ތިމަން ކަލޭގެފާނާ ގާތް ގުޅުން އޮތް ބައެއް ނޫނެވެ. މިހެނީ ތިމަން ކަލޭގެފާނާ ގާތް ގުޅުން އޮންނާނީ ﷲގެ ޙައްޤުގައި ގުޅުން ބާއްވާ މީހުންނާއި ހެޔޮ، ޞާލިޙް މުސްލިމުންނާއިއެވެ." (ޞަޙީޙް މުސްލިމް 316) 

ކޮންމެ މުސްލިމަކުވެސް މި ޙަދީޘްފުޅަށް ޢަމަލުކުރަންވާނެއެވެ! ގާތް ގުޅުން ބާއްވަން ވާނީ ޙަދީޘްފުޅުގައިވާ ފަދައިން "ﷲގެ ޙައްޤުގައި ގުޅުން ބާއްވާ މީހުންނާއި ހެޔޮ، ޞާލިޙް މުސްލިމުންނާއިއެވެ." 

އާޚިރަތް ދުވަހަށް ދެވޭ ސަމާލުކަން ކުޑަވުމުން އާޚިރަތް ލިބިގަތުމަށް ދެވޭ ސަމާލުކަން މިދަނީ ކުޑަވަމުންނެވެ. އާޚީރަތް ދުވަހަށް ބިރެއް ނެތި މިދަނީ ކަންކަން ކުރެވެމުންނެވެ. އެހެންކަމުން ގާތް ގުޅުން ބާއްވައިގެން ނުވާނެ މީހުންނާއިވެސް މިދަނީ ގާތް ގުޅުން ބާއްވަމުންނެވެ.  

ޞާލިޙް މުސްލިމުންނަކީ ހެޔޮ އަމަލުތައް ކުރުމުގައި ކުރިއަރައިދާން މަސައްކަތްކުރާ މީހުންނެވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނެވެ! ވީމާ ތިބާގެ ހިތުގެ އިސްކަމާއި ރަސްކަން އެނޫން ބައަކަށް ދެވިއްޖެ ނަމަ މިޙަދީޘްފުޅަށް ޢަމަލުކުރި މީހަކު ކަމުގައި ނުވާނެއެވެ!


--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން