އެންމެންވެސް ޢާއިޝަތުގެފާނުގެ މިނަޞީޙަތްފުޅަށް ޢަމަލުކުރާނަމަ ހުރިހާ މައްސަލަތަކަކުން ސަލާމަތްވެ ތިބެވޭނެ! އާޚިރަތްވެސް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
އެންމެންވެސް ޢާއިޝަތުގެފާނުގެ މިނަޞީޙަތްފުޅަށް ޢަމަލުކުރާނަމަ ހުރިހާ މައްސަލަތަކަކުން ސަލާމަތްވެ ތިބެވޭނެ! އާޚިރަތްވެސް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

ރައްޔިތުންގެ ގިނަބައަކު އެމީހެއްގެ ސަބަބުން ތިމާއަށް ފައިދާކުރާނެ މީހުންގެ ރުހުން ހޯދަން ތެޅިފޮޅެނީއެވެ. ރުހުން ހޯދަން މިއުޅެވެނީ ﷲ ތަޢާލާގެ ފަޅީގެ މީހަކުކަމާއިމެދުވެސް ގިނަ ބައަކު ވިސްނައެއް ނުލައެވެ.  

ވިދާޅުވެލައްވާށެވެ!  

މުއާވިޔަތުގެފާނުގެ ޚަލީފާކަމުގައި އެކަލޭގެފާނު މި ވަޑައިގެންނެވީ މަދީނާއަށް. މުއާވިޔަތުގެފާނު ވަޑައިގެން ޢައިޝަތުގެފާނަށް މި ދަންނަވަނީ ޢައިޝާއޭ ނަސޭޙަތެއް ދެއްވާށޭ، އެކަމަކު މާ ދިގު ނުކުރައްވާށޭ! 

ޢައިޝަތުގެފަނު ވިދާޅުވަނީ ﷲ ރުއްސާށޭ، މީސްތަކުން ނުރުއްސާފަވެސް.  

ވާހަކައަކީ މީސްތަކުން ކިތަންމެ ރުޅި އައިކަމުގަވީނަމަވެސް ﷲ ރުއްސަން މަސައްކަތް ކުރާށޭ. އޭރުން ﷲ ރުޙިވޮޑިގަންނަވާނެއޭ ތިބާގެ މައްޗަށް، އަދި މީސްތަކުންވެސް ﷲ ރުއްސަވާނޭ ތިބާގެ މައްޗަށް.  

އެކަމަކު މީސްތަކުންގެ ރުހުމަށްޓަކައި ﷲ ރުޅިވެރިކުރައްވައިފިއްޔާ ( ﷲ ރުހިވޮޑިނުގަންނަވާ ކަންކަން ކުރާނަމަ) ﷲ ވެސް ނުރުއްސަވާނެ ތިބާގެ މައްޗަށް އަދި މީސްތަކުންވެސް ރުޅިވެރިކުރައްވާނެ ﷲ ތަޢާލާ ތިބާގެ މައްޗަށް. އެހެންމަ ﷲ ރުއްސަން މަސައްކަތް ކުރަންވީ ކޮންމެ މީހަކުވެސް. އޭރުން މީސްތަކުންވެސް ތިބާގެ މައްޗަށް ރުހޭނެ. 

އެއާ ޚިލާފަށް މިއަދު އަޅުގަނޑުމެން މުޖުތަމަޢުގަ، މީހަކު އެއްޗެއް ކިޔާފާނެތީ ސުންނަތަކަށް ޢަމަލުކުރަން ބިރުގަނޭ. މީހަކު އެއްޗެއް ކިޔާފާނެތީ ދީނަށް އުޅެން ބިރުގަނޭ. މާލާމަތް ކުރާނެތީ، " އޭނަ މަލާމާތް ކޮށްފާނޭ. ބަލާބަލާށޭ މިހާރު ކަލޭ ތިއުޅޭގޮތް، ތީ މިޒަމާނާ ގުޅޭ ގޮތެއް ނޫނޭ. ބަރާބަރަށް ނަމާދު ކުރުމާޢި، ބަރާބަރަށް ރޯދަ ހިފުމަކީ ތީ މި ޒަމާނާ ގުޅޭގޮތެއް ނޫނޭ ތީ އެއްގޮތަކަށްވެސް".  

މީސްތަކުން ތިމާގެ ފުރާވަރުގެ ނުލަފާ ރަޙްމަތްތެރިންތައް އެއްޗިހި ކިޔާފާނެކަމަށް ދީނަށް ނޫޅެ މިދަނީ. ސުންނަތަށް ފުރަގަސްދީ މިދަނީ. މީސްތަކުންގެ މަލާމާތަށް. އޭނަ އެ ބޭނުންނވަނީ މީހުންގެ ރުޙުން. ﷲ ގެ ރުޙުމެއް އޭނަ ބޭނުމެއް ނުވޭ. އޭގެ ސަބަބުން ޙަޤީގަތުގައި ވެގެންދަނީ ކޮންބަޔަކަށް. މިސާލަކަށް ނުބައިކޮށް މުޖުތަމައުގަ މި އުޅޭ ކުދިން، އެމީހުން ހިތަށް އަރާކަހަލަ ތިމަންނަމެން ވަރަށް ޢިއްޒަތުގައޭ މިއުޅެނީ. ތިމަންނަމެން ފެންނައިރަށް އެމީހުންބިރުވެސް ގަންނާނޭ، އިޙްތިރާމް ކުރާނޭ. ބަލަ އެއަށްވުރެ މީސްތަކުން ރުޅިއަންނަ ބަޔަކު މުޖުތަމައުގަ އުޅޭނެތަ.  

ހުރިހާގެއެއްގެ މީހުން އެމީހުންނަށް ލަޢުނަތް ދޭނެ، ހުރިހާ ގެއެއްގެ މީހުން. މުޅި މުޖުތަމަޢުގަ ހުރިހާ ފަރުދުން އެމީހުންނަށް ލަޢުނަތް ދޭނެ. އެކަމަކު އެމީހުންނަށް ޝައިޠާނާ ވިސަނައިދީފަ އެތިބީ " ކަލޭމެން ތިތިބީ ވަރަށް ޢިއްޒަތުގައޭ، ކަލޭމެން ވަރުގެ ޢިއްޒަތުގަ ތިބިބަޔަކު މި ރަށަކު ނެތޭ. މީހުން ކަލޭމެންދެކެ ބިރު ގަންނާނެއޭ، ކަލޭމެންނަށް އިޙްތިރާމް ކުރާނޭ، ކަލޭމެން މަގެއްގައި ހިނގާފަދާއިރު މީހުން ކަލޭމެންނަށް ޢިއްޒަތް ކުރާނޭ. އެގޮތަށް. ޝައިޠާނާ ވިސްނައިދީފަ މި އޮންނަނީ، ޙަޤީގަތުގައި އެންމެން ރުޅިއާދޭ އެބަ އެ ނުބައިކޮށް އުޅޭ މީހުންދެކެ. އެއީ ކީއްވެ. ﷲ މީހުން ނުރުއްސަވާފައެވެ. މީހުން އޭނަގެ މައްޗަށް ރުޅިވެރި ކުރައްވާފަ އެތިބީ. އެހެންމަ މީސްތަކުން ރުޅިއާދޭ އޭނަ ދެކެ، އެކަމަކު އެމީހުން އެ ހީކުރަނީ އެހެންގޮތަކަށް. އެހެންމަ އަޅުގަނޑުމެން މަސެއްކަތް ކުރަންވީ ﷲ ރުއްސަން. ﷲ ރުއްސަން މަސެއްކަތް ކުރަންވީ މީސްތަކުން ރުޅިވެރި ކޮށްފަވެސް.

- ޝައިޚުގެ ބަސްފުޅު ނިމުނީ  

ދެން ދަންނަވާލަން އޮތީ ކޮންމެ ދެމަފިރިއަކުވެސް މިއަދު މިނަޞީޙަތްފުޅަށް ވިސްނާލަން އެބަޖެހެއެވެ. އަނބިމީހާ ބުނިނަމަވެސް އަދި ފިރިމީހާ ބުނިނަމަވެސް ކުރަންވާނީ އެކަމެއް ކުރުމުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަންކަމެވެ. މުހިންމީ ބައިވެރިޔާ ރުއްސުމެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން