މުދައްރިސުންނާއެކު ސާބިތުވެ ތިބުމަކީ ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
މުދައްރިސުންނާއެކު ސާބިތުވެ ތިބުމަކީ ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް: ނައިބު ރައީސް

މުދައްރިސުންނާއެކު ސާބިތުވެ ތިބުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި، ދަރިވަރުންނާއި ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މަގުދައްކައިދީ، ހިތްވަރުދޭ އެންމެހައި މުދައްރިސުންގެ އަގުވަޒަންކުރައްވާފައިވެއެވެ.

މީގެއިތުރުން، މުދައްރިސުން ކުރައްވާ ބުރަ މަސައްކަތާއި އަދާކުރައްވާ އިޚްލާޞްތެރި ޚިދުމަތަށް ޝުކުރު ހައްޤު ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ފަރާތްތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ އައު ގޮންޖެހުންތަކާ އެކު، މުދައްރިސުންގެ މުހިންމު ދައުރު ފުރިހަމައަށް އަދާކުރުމަށްޓަކައި އެ ފަރާތްތަކުގެ އަގުވަޒަންކޮށް، އެހީތެރިކަމާއި ބާރުވެރިކަން ފޯރުކޮށްދިނުން ކަށަވަރުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން