އެންމެ ލޯބިވާ މީހާ ގެއްލުމުން ނުވަތަ އަލަތު ކައިވެނި ރޫޅުމުން ލިބޭ މާޔޫސްކަން ފިލުވައިލެވޭނެ ވިސްނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެންމެ ލޯބިވާ މީހާ ގެއްލުމުން ނުވަތަ އަލަތު ކައިވެނި ރޫޅުމުން ލިބޭ މާޔޫސްކަން ފިލުވައިލެވޭނެ ވިސްނުން!

ގިނަ ބައަކު ދެކޭ ގޮތުގައި ކުރިމަތިވާ އެންމެ ބޮޑު ހިތާމައަކީ ތިމާ އެންމެ ލޯބިވާ މީހާ ނުލިބުމެވެ. އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެ މާޔޫސްވާ އެއްކަމަކީ ކައިވެނިކުރަން ތިމާ ބޭނުންވި މީހާ އާއި ކައިވެނި ނުކުރެވުން ނުވަތަ އެންމެ ލޯބިވެގެން ފުރަތަމަ ކުރި ކައިވެނި ރޫޅެން މެދުވެރިވުމެވެ.  

މިކަންކަން އެހައި ބޮޑު މައްސަލައަކަށް އެވަނީ ވިސްނޭ ގޮތުންނެވެ. ކަންކަމަށް މާގާތުން ވިސްނޭތީއެވެ. ތަންކޮޅެއް ދުރުން ފެންނަން އޮންނަ ބޮޑުމަންޒަރާއިމެދު ވިސްނައިލެވޭނަމަ ލިބޭނެ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެއެވެ. މިބުނާ ބޮޑު މަންޒަރަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅެވެ.  

ވީމާ އެފަދަ ގޮތެއް މެދުވެރިވިނަމަވެސް އެކަން މެދުވެރިކުރެއްވެވީ އެކަން ކާމިޔާބުވިނަމަ ކުރިމަތިވާންހުރި މާބޮޑެތި މުޞީބާތްތަކަކުން ސަލާމަތް ކުރެއްވެވުމަށް ކަމަށް ވިސްނައިފިނަމަ ހުރިހާ ކަންބޮޑުވުމެއް ފިލާނެއެވެ.   

ކައިވެނިކުރަން ބޭނުންވާ ގޮތަށް، ކުރަން ބޭނުންވާ ތާރީޚަށް ނުކުރެވިއްޖެނަމަ ވެސް ކަންބޮޑުވެ ފަހަތަށް ނުޖެހޭށެވެ! ﷲ ތިބާ ހުއްޓުވީ ތިބާ އެދުނުގޮތަށް ތިބާއަށް ކުރިއަށް ނުދެވުމުން އެކަމުގަ ތިބާއަށް އޮތް ފައިދާގެ ބޮޑުކަމުންކަން ޔަޤީންކުރާށެވެ! އެއްވެސް މީހަކަށް ދެރަގޮތެއް ﷲ އިރާދައެއް ނުކުރައްވަވާނެތެވެ!  

ކުރަން ބޭނުންވި މީހާއާ ކައިވެނި ނުކުރެވި އެހެން މީހަކާ ކައިވެނިކޮށްގެން ރަން ދުނިޔޭގައި އުޅެމުންދާ ކިތައް މިލިއަން ދެމަފިރިން އެބަތިބި ހެއްޔެވެ؟ ވީމާ ތިމާ ބޭނުންވި ގޮތަށް ކަމެއް ނުވާއިރަށް ކަންބޮޑުނުވާށެވެ! 

ފުރަތަމަ ކައިވެނީގައި ފޭލްވި އެތައް މިލިއަން މީހުން ފަހުން ކުރި ދެވަނަ ކައިވެނީގައި ހޯދި ބޮޑެތި ކާމިޔާބީތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ދެވަނަ ފުރުޞަތަކީ ހުރިހާ ގޮތަކުން ވެސް މާފަހި މާއުފާވެރި ފުރުޞަތުކަމަށްވެފައި ވަނީ ހައިރާންވާންޖެހޭވަރަށެވެ. އެހައިގިނަ ދެމަފިރިންނަށެވެ. ހަމައެކަނި 2 ވަނަ ފުރުޞަތުގައެއް ނޫނެވެ. 3،4،5 ނުވަތަ އެއަށް ވުރެވެސް ގިނަ ކައިވެނިކޮށްގެންވެސް، އެންމެ ފަހުން ކުރި ކައިވެނިން އުފާވެރިކަން ލިބުނު މީޙުންވެސް ބައިވަރެވެ.

ވީމާ އެހާ ފަސޭހައިން ކަރު އެލުވައިނުލައި އަބަދުވެސް ކަރުތެދުކުރަން މަސައްކަތް ކުރާށެވެ!

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން