ޢާއިޝަތު ރަފާޙް ޢަލީ
ހިތަށް ހަމަޖެހުން ގެނެސްދޭ އެންމެ ބާރުގަދަ ޒިކުރަކީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ.
اللَّهُمَّ صَلِّ عَلَى نَبِيِّنَا مُحَمَّدٍ… (އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާނދޭވެ)
ތިބާގެ ފާފަތައް ގިނަވެ ބުރަވާހިނދު.. އަދި ތިބާގެ ދަރަނިތައް އިތުރުވާހިނދު، ތިބާ ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ.
ތިބާގެ އީމާންކަން ކުޑަވެ، އަދި ތިބާގެ އިޙްސާސްތައް ބަލިކަށިވާހިނދު، ތިބާ ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ.
ތިބާގެ ކަންކަން ދަތިވެ، އަދި ތިބާގެ ހިތުގައި ގިނަގުނަ އެދުންތަކާއި ބޭނުންތައް ވާހިނދު، ތިބާ ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ.
އަޙްޒާބް ސޫރަތުގެ 56 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ މި ބަސްފުޅު ހަނދާންކުރާށެވެ.
إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴿٥٦﴾
މާނައީ: ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ! (56)
އަދި އެކަލޭގެފާނަކީ ތިޔަބައިމީހުންނަށް އޮތް ނަމޫނާއެއް ކަމުގައި ހަދާށެވެ.
- ޝައިޚް ފަހްދް އަލް ކަންދަރީގެ ދަރުސަކުން
- މިއަދުނޫސް