ކައިވެނީގެ ގުޅުމުގެ ތެރެއިން ނޫން ގޮތަކަށް ދަރިއަކުލިބުނަސް އެއީ ކުރެވުނު މޮޅު ކަމެއްކަމަށް ދެކެ އިޝްތިހާރުކުރުމަކީ ފާފައިތުރަށް ބޮޑުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ކައިވެނީގެ ގުޅުމުގެ ތެރެއިން ނޫން ގޮތަކަށް ދަރިއަކުލިބުނަސް އެއީ ކުރެވުނު މޮޅު ކަމެއްކަމަށް ދެކެ އިޝްތިހާރުކުރުމަކީ ފާފައިތުރަށް ބޮޑުވާނެ ކަމެއް!

އީމާންކަން އަންނަނީ ކުޑަވަމުންނެވެ. ބިރެއް ނެތި ފާފަކުރުން އަންނަނީ ގިނަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޒިނޭކުރުން ގިނަވެ ޒިނޭގެ ދަރިން ލިބުންވެސް އަންނަނީ ގިނަވަމުންނެވެ. މިޙާލަތުގައި މިކަންކަމަށް ވިސްނައިލަމާތޯއެވެ؟  

ދަރިން ލިބޭނީ ޖިމާޢުވެގެންނެވެ. ޖިމާޢުވުން ހުއްދަވާނީ ކައިވެނިކުރުމަށްފަހުގައެވެ. ކައިވެނީގެ ބޭރުން ޖިމާޢުވާނަމަ އެކުރެވެނީ ޒިނޭއެވެ. ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އެންމެ ބޮޑު ޙައްދުތަކުގެ ތެރެއިން ޙައްދު ކަނޑައެޅިގެންވާ ފާފައެކެވެ. ކީރިތި ޤުރްއާނުގައި އޮތީ ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ.   

ދެން ތިއޮތީ ކައިވެނީގެ ބޭރުން ދަރިން ހޯދައި އެކަން އިޝްތިހާރުކުރުމެވެ. އެއިރުން އެކުރެވޭކަމަކީ ތިމާކުރި ފާފައާއިމެދު ދެރަވެ ހިތާމަކުރުމުގެ ބަދަލުގައި ފަކުރުވެރިވެ އެކަން އިޝްތިހާރުކުރުމެވެ. އެކަން ހިމެނޭނީ އެހެންމީހުންނަށް ފާފަކުރަން ހިތްވަރުދިނުމުގެ ތެރެއިންނެވެ. އެއީ ﷲ ތަޢާލާ ނުފުއްސަވާނެކަމަށްވެސް އޮންނަ ފާފައެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ  

ވެގެން މިއުޅޭ ގޮތަކީ ދުނިޔޭގެ މަޝްހޫރު ބައެއް މީހުން ކައިވެނިކުރުމުގެ ކުރިން އެތައް ދަރިން ހޯދުމަށްފަހު ކައިވެނިކުރާތީ އެނުބައި ޢަމަލު އަހުރެމެންގެ ތެރޭގައި ޢާންމުކުރަން ބައަކު މަސައްކަތްކުރަނީއެވެ. އެއީ ޝައިޠޯނާގެ ބައިވެރިންނެވެ. ނަމަ އެއިން ކަމަކާއި ބައިވެރިނުވާށެވެ! ވައިވެސް ނޭޅޭށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ރާއްޖޭގައި ހިނގާފައިވާ މިފަދަ ކަމަކާއި ގުޅިގެން އެއިރު ޝާއިޢުކުރި ލިޔުންވެސް މަޢުލޫމާތަށްޓަކައި ހާމަކޮށްލާނަމެވެ.  

"އާހިރަތަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށް ދުންޔަވީ ކަންތަކުގައި އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައި ދިއުމަށް މަސައްކަތްކޮށް، އެކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ ގައުމުތައް ހަލާކުވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޡްފުޅުތަކުން އެނގެއެވެ.

ދުވަހަކަށްފަހު ދުވަހެއް، މަހަކަށްފަހު މަހެއް، އަހަރަކަށްފަހު އަހަރެއް ފާއިތުވަމުންދާއިރު، މި ތިބެވެނީ ޣާފިލުކަމުގެ ތަންމަތީގައި ނިދާފައެވެ. އެ ނިދިން ހޭލާނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރައެވެ. މާތް ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށި! 

ގައުމެއްގައި ނުވަތަ މުޖުތަމައެއްގައި މުންކަރާތްތައް ހިނގަމުންދާ ނަމަ، އެކަންކަން ހުއްޓުވުމަށް މުންކަރާތްތައް މަނާނުކުރެވޭ ނަމަ، އެއީ ﷲގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތްވެގެންވާ ކަމެކެވެ." 

މަތީގައި އެވާ ލިޔުންކޮޅަކީ ކައިވެނީގެ ބޭރުން ކޮންމެވެސް ދެމީހަކު ދަރިއަކު ހޯދައި އެކަން ސޯޝަލް މީޑިއާގައި އިޝްތިހާރުކުރުމުން އެމީހުންނަށް ބައަކު މަރުޙަބާ ކިޔާތީ ކަންބޮޑުވުން ފައުޅުކުރި ޓްވީޓެއްގެ ތްރެޑްގައި "ޢަލީ ޢައްބާސް" ލިޔުއްވާފައިވާ ބަސްކޮޅެކެވެ.  

އެއްބައަކު ބުނަނީ އެމީހުން މިހާރު ކައިވެނިކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އެއީ އެދެމީހުންގެ އަމިއްލަ ކަމެއް ކަމަށެވެ. އަނެއްބައަކު ބުނަނީ އެއީ އިސްލާމީ މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުން އިސްލާމިކް މިނިސްޓްރީން އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭނެކަންވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.  

ސޯޝަލް މީޑިއާގައި މިބާވަތުގެ ކަންކަން އިޝްތިހާރުކުރުމަކީ އެފަދަ ކަންކަމަށް ހިތްވަރުދިނުން ކަމަށްވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން