ލޯބިވެރިއަކު ހޯދައިފިނަމަ ވާނެ ގޮތް އަނބިމީހާގެ ގާތުގަ އެހީމާ އަނބިމީހާ ދިން ޖަވާބުން ފިރިމީހާ ބިރުން ހަލާކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ލޯބިވެރިއަކު ހޯދައިފިނަމަ ވާނެ ގޮތް އަނބިމީހާގެ ގާތުގަ އެހީމާ އަނބިމީހާ ދިން ޖަވާބުން ފިރިމީހާ ބިރުން ހަލާކު!

އަޅުގަނޑު މިވާހަކަކޮޅު މިގެނެސްދެނީ އެއްވެސް ޙާލެއްގައި ބައިވެރިޔާ ލޯބިވެރިއަކު ހޯދައިފިނަމަ މިގޮތަށް ކަންތައްކުރަން ހިތްވަރުދޭކަށް ނޫނެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހެޔޮލަފާ އަނބިންނަށްކުރާނެ އަސަރު ބަޔާންކޮށްދިނުމަށެވެ. ބައެއް އަނބިންނަށް ކެތްނުކުރެވި އަތުންފައިން ބޮޑެތި ގޯސްތައް ހެދޭކަން ބަޔާން ކުރުމަށެވެ. 

ފިރިމީހާ: އަހުރެން ތިބާ ނޫން ލޯބިވެރިއަކު ހޯދައިފިނަމަ ކަންތައް ކުރާނީ ކިހިނަކުންތަ؟

އަނބިމީހާ: 3 މީހުން 3 މަގުން 3 ތަނަށް ދާނީ! ހޯދާ ލޯބިވެރިޔާ ހޮސްޕިޓަލަށް ފޮނުވައިލާނީ! އަހުރެން ޖަލަށް ވަންނާނީ! ތިބާ ވަޤުތުން ސަޙަރާއަށް ފޮނުވައިލާނީ!  

އަނބިމީހާގެ ޖަވާބުން ފިރިމީހާއަށް ލިބުނު ޙައިރާންކަން ބޮޑުވެ ބަސްހުޓުނެވެ. ބުނާނެ އެއްޗެއް ނުވެސް ވިސްނުނެވެ. ހުރީ ބިރުން ތުރުތުރުއަޅައަޅައެވެ.

މިއީ ހެއްވާ މަޖާ ވާހަކައެއްގެ ގޮތުގަ ސޯޝަލް މީޑިއާގައި ދަރުކުރަނިކޮށް ފެނުނު ވާހަކަކޮޅެކެވެ. މިވާހަކަކޮޅުން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ސަބަބަކީ ހަމަ އެސުވާލު އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއި ކޮށްފައިވާތީއެވެ. އަޅުގަނޑު ފިރިމީހާއަށް ދިން ޖަވާބަކީ އަޅުގަނޑުގެ ކުށެއް ނުދައްކައި އެބާވަތުގެ ކަމެއް ކޮށްފިނަމަ އެހިސާބުން ދެމީހުންގެ ގުޅުން ނިންމައިލާނީ ކަމަށެވެ. ދެދަރިން ގޮވައިގެން ގެއިން ނުކުމެގެންދާނީ ކަމަށެވެ.  

އަޅުގަނޑު ދިން ޖަވާބު ކުށްވެރިކޮށް ބައެއް އެކުވެރިން ވާހަކަދެއްކުމުން އަޅުގަނޑު ބުނީ ދީނުގައި ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި އެކަމަކު ޢަމަލުކުރެވެނީ ކެރިކުޅަދާނަވާ ކަންކަމަށް ކަމަށެވެ. ދެއަންތބަށް ކައިވެނިކުރުމަކީ ދީނުގައި އޮތްކަމެއްކަން އެނގޭކަމަށާއި ނަމަވެސް އެއީ އަޅުގަނޑަށް ކެތްތެރިވެވޭނެ ކަމަކަށް ނުވާތީ ކެތްތެރިވާން ބޭނުން ނޫންކަމަށެވެ.  

ދެވަނަ އަންތބަކަށް އިނުމަށްވުރެ އެކަނިހުރުންވެސް އަޅުގަނޑަށް މާރަނގަޅެވެ. މިއީ އަޅުގަނޑުގެ ނިންމުމެވެ.

 

- ސާޖިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން