ޑޮކްޓަރުންނަށް ފަރުވާ ނުކުރެވޭނެ އެންމެ ނުރައްކާތެރި ބައްޔާ އެބަލީގެ ފަރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޑޮކްޓަރުންނަށް ފަރުވާ ނުކުރެވޭނެ އެންމެ
ނުރައްކާތެރި ބައްޔާ އެބަލީގެ ފަރުވާ!


މިރޭ ބުނެލަން މިއުޅެނީ ވަރަށް ގިނަ ބައަކަށް ޖެހިފައިވާ ބޮޑު ބައްޔެއްގެ ވާހަކައެވެ. އެބަލި ޖެހިފައިވާ މީހަކަށް ފަރުވާކުރުމަކީ މެޑިކަލް ޑޮކްޓަރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެބައްޔަށް ދޭނެ ބޭހެއް ސައިންސްވެރިންނަށް އުފެއްދިފައެއް ނެތެވެ. އަދި ނުވެސް އުފެއްދޭނެއެވެ.

 

އެންމެ ނުރައްކައުތެރި ބައްޔަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކު ދައްކާނީ ކެންސަރާ ކިޑްނީގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކުގެ ވާހަކައެވެ. މިހާރަކަށް އައިސް ގިނަ ބައަކަށް މިތިބީ އެފަދަ ބަލިތަކަށްވުރެ މާނުރައްކައުތެރިކަން ބޮޑު ބައްޔެއް ޖެހިފައެވެ. އެއީ ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެ ބޭނުންތައް ގިނަވުމެވެ.

 

ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެ ބޭނުންތައް އިތުރުވުމަކީ މީހަކަށް ޖެހޭނެ އެންމެ ނުރައްކާތެރި ބައްޔެވެ! މިބަލި ފަތުރާ ޝައިޠޯނާއަށް މިބަލި ޖެއްސުވެނީ އީމާން ކަމުގެ ވެކްސިން ފުރިހަމަ ނުވާ މީހުންނަށެވެ. ގިނަ މީހުންނަށް ނަރަކައަށް ވަންނަންޖެހެނީ އެ ބަލީގައެވެ! ވީމާ އީމާންކަމުގެ ވެކްސިން ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. އެބައްޔަށް އޮތް ފަރުވާޢަކީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިވެވޭނީ އީމާންކަން ވަރުގަދަކުރެވިގެންނެވެ.

 

އެބަލީގެ އެންމެ ބާރުގަދަ ވެކްސިނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ވީމާ ޛިކުރުކުރުން ގިނަކުރާށެވެ! ބިސްމިﷲ ކިޔުމަކީ ކޮންމެ ކަމެއް ކުރަން ފެށުމުގެކުރިންވެސް ކުރާ ކަމަކަށް ހަދާށެވެ! ތައުފީޤް ދެއްވަވާނެތެވެ! އިން ޝާ ﷲ

 

މީސްތަކުންނޭވެ! މިނުރައްކައުތެރި ބަލިނ ޖެހެނީ ތިމާ ދުނިޔެއަށް ފޮނުއްވެވި ސަބަބާއިމެދުވެސް ވިސްނައިނުލާތީއެވެ. ﷲ ތަޢާލާ ތިމާއަށް ދެއްވަވާ ނިޢުމަތްތަކާއިމެދުވެސް ވިސްނައިނުލެވޭތީއެވެ. މިފަދަ އެއްވެސް ކަމަކަށް ވިސްނާނަމަ އެމީހަކަށް މިނުރައްކައުތެރިކަން ބޮޑު ބަލިން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން