ތިބާއަށް ގެއްލުންދޭން އުޅެނިކޮށް ތަކުރާރުކޮށް ބިރުވެރި ހުވަފެން ފެންނަނަމަ އެއީ ޝައިޠޯނާ އަވަލާފައިވާ ކަމުގެ ޢަލާމާތެއް! ޙައްލަކީ ޤުރްއާން ކިޔެވުން ގިނަކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ތިބާއަށް ގެއްލުންދޭން އުޅެނިކޮށް ތަކުރާރުކޮށް ބިރުވެރި ހުވަފެން ފެންނަނަމަ އެއީ ޝައިޠޯނާ އަވަލާފައިވާ ކަމުގެ ޢަލާމާތެއް! ޙައްލަކީ ޤުރްއާން ކިޔެވުން ގިނަކުރުން!: މުފްތީ މެންކް

ކޮންމެވެސް ސަބަބަކާއިހުރެ ބިރުވެރި ހުވަފެނެއް ފެނިދާނެއެވެ. ނަމަވެސް ތަކުރާރުކޮށް ފެންނަނަމަ އެއީ މައްސަލައެކެވެ. ޚާއްޞަކޮށް ބިރުވެރި އެއްޗެތި ތިބާއަށް ޙަމަލާދޭން އުޅެނިކޮށް ފެންނަނަމަ މައްސަލަ އިތުރަށް ބޮޑުވެއެވެ. ގިނަ ފަހަރު އެފަދަ ހުވަފެންފެންނާނީ ކޮންމެވެސް ގޮތަކުން އެމީހަކާ ޝައިޠޯނާ އަވަލާފައިވާތީއެވެ.  

މިކަމަށް އޮތް ޙައްލަކީ ރުޤްޔާކުރުމެވެ. ރުޤްޔާކުރަން ކުރަން އޮތް ކަމަކީ ޤުރްއާން ކިޔެވުން ގިނަކުރުމާއި ސަލާމަތާއި ރައްކައުތެރިކަމަށް ކިޔަންހުރި ޛިކުރުތައް ކިޔުމެވެ. އެކަންކަން ކުރަންވީވެސް ތިމާ އަމިއްލައަށެވެ.  

މިފަދަ ކަމެއްގައި ބޮޑުވަރުވާނަމަ ރުޤްޔާގެ އާޔަތްތައް އޮޅުންފިލުވައިގެން އަމިއްލައަށް ކިޔަވާށެވެ. އެކަމުގެ ސަބަބުން ދެފައިދާއެއް ކުރާނެއެވެ. އެއްކަމަކީ ޖެހިގެންއުޅޭ ކަންތަކަށް ޝިފާލިބުމެވެ. ދެވަނަ ކަމަކީ ތިމައާއި ޤުރްއާނާއި އޮންނަ ގުޅުން ބަދަހިވުމެވެ. ރުޤްޔާކުރަން ކިޔެވިނަމަވެސް ކިޔެވުމުން ޤުރްއާން ކިޔެވިކަމުގެ ފައިދާކުރާނެތީއެވެ.

 

- -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން