ސަޖިދަ ފިޔަވާ ތިބާއާ އެންމެ ގާތުގަ ﷲ ތަޢާލާ ވޮޑިގެންވާނެ ވަޤުތު- ދުޢާކުރުން ގިނަކުރަންވީ ވަޤުތު-: ޑރ. ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ސަޖިދަ ފިޔަވާ ތިބާއާ އެންމެ ގާތުގަ ﷲ ތަޢާލާ ވޮޑިގެންވާނެ ވަޤުތު- ދުޢާކުރުން ގިނަކުރަންވީ ވަޤުތު-: ޑރ. ޢުމަރު ސުލައިމާން

ކޮންމެ މީހަކަށް ނަމަވެސް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭނީ އެންމެން އެމީހަކު ދޫކޮށްލައި އެކަނިވާ ވަޤުތުގައެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ފެންނަން ނެތް ވަޤުތުގައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެވަޤުތުގައި އެމީހަކާއި އެންމެ ގާތުގައި ތިމަން ﷲ ވޮޑިގެންވާނެ ކަމަށެވެ.  

އެއީ ﷲ ތައާލާގެ ޙަޟްރަތަށް ދުޢާކުރަންވެސް އެންމެ ފައިދާހުރި ވަޤުތެކެވެ. އެވަޤުތުގައި ދުޢާކުރީމާވެސް ފަހަރެއްގައި ވަޤުތުން ޢިޖާބަ ނުކުރައްވަވައިވެސްފާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެމީހާގެ ދުޢާ އައްސަވައިވޮޑިގެންވެއެވެ. އެމީހާއަށް އެންމެ ފައިދާކުރާނެ ގޮތަކަށް ދުޢާ ޢިޖާބަކުރައްވަވާނެތެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެން ކުރަން އޮތް ކަމަކީ ކޮންމެ ވަޤުތަކުވެސް މިބަޔާންކުރި ފަދަ ބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި އެޙާލަތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރެވޭނެ ގޮތަކަށް ތިބުމެވެ. އެގޮތަށް ތިބުމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވުންމަތީގައި ތިބުމެވެ.

 

- ޑރ. ޢުމަރުސުލައިމާނުގެ ދަރުސަކުން  

- މިއަދުނޫސް

މިއަދު އޮންލައިން