ކުރާ ދުޢާގަ ދުނިޔޭގެ ހުރިހާ މުސްލިމުން ހިމަނުއްވާ! އަނެކާއަށް ސިއްރުން ކުރާ ދުޢާއަކީ ކުރެވޭ ޞަދަޤާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުރާ ދުޢާގަ ދުނިޔޭގެ ހުރިހާ މުސްލިމުން ހިމަނުއްވާ! އަނެކާއަށް ސިއްރުން ކުރާ ދުޢާއަކީ ކުރެވޭ ޞަދަޤާތެއް!

ޞަދަޤާތް ކުރުމަކީ އެންމެ ފައިދާހުރި ހެޔޮ ޢަމަލުތަކުގެ ތެރެއިންވެސް ފައިދާހުރި ޢަމަލެއް ކަމުގައި ލައްވަވައި ﷲ ތަޢާލާ މީސްތަކުންނަށް ވަނީ އެކަން ވަރަށް ލުއިފަސޭހަވެސް ކޮށްދެއްވަވައިފައެވެ. ކިތަންމެ ފަޤީރަސް ޞަދަޤާތް ކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްދެއްވަވައިފައެވެ.  

އެހެންކަމުން އަތުގައި ފައިސާ ނެތުމަކީ ޞަދަޤާތް ނުކުރެވެންވީ ސަބަބެއް ނޫނެވެ! ކުރާ ކޮންމެ ދުޢާއަކީވެސް ޞަދަޤާތެކެވެ! ވީމާ ކުރާ ކޮންމެ ދުޢާއެއްގައިވެސް ފަޤީރު، ނިކަމެތިންނަށާއި ހިތާމަ އާއި ހިތްދަތިކަމުގައި ތިބި އެންމެންނަށް ހެޔޮ ދުޢާކުރާށެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތިވެ ޙާލުގައި ޖެހިފައި ތިބި އެންމެން ދުޢާގައި ޝާމިލުކުރާށެވެ! 

މިޘާލަކަށް-: "ޔާ ﷲ! މިއަޅާއަށާއި އެނެމހައި މުސްލިމުންނަށް ރަހްމަތް ލައްވަވާނދޭވެ! މިއަޅާއާއި ހުރިހާ މުސްލިމުންނަށް ފާފަފުއްސަވައި ދެއްވަވާނދޭވެ!" މިފަދައިން ދުޢާކޮށްފިނަމަ އެދުޢާގައި އެވަނީ ހުރިހާ މުސްލިމުން ހިމެނިފައެވެ.  

އެ ދުޢާގެ ސަބަބުން ވެސް ތިބާއަށް ރަޙްމަތް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

ކަންކަމަށް ރަނގަޅަށް ވިސްނައިފިނަމަ އެނގޭނެއެވެ. ސުވަރުގެ އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. ސުވަރުގޭގައި ގިނަވާނީ ފަޤީރުންކަންވެސް އެނގެން އެބައޮތެވެ. ހިތްވަރު ލިބިގަންނަންވީ އެފަދަ ޙަދީޘްފުޅުތަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން