ޤިޔާމަތް ވުމުން ކައްވަޅުން ތިބާ ތެދުވާނެ ޙާލަތަކީ ﷲ އަށް ބިރުވެތިނުވުމުގެ ޙާލަތަށްވެއްޖެނަމަ ސަލާމަތްކަމެއް ނުލިބޭނެ! ހެޔޮޢަމަލުކުރުންމަތީގަ މަރުވާންވީ ސަބަބަކީ އެއީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޤިޔާމަތް ވުމުން ކައްވަޅުން ތިބާ ތެދުވާނެ ޙާލަތަކީ ﷲ އަށް ބިރުވެތިނުވުމުގެ ޙާލަތަށްވެއްޖެނަމަ ސަލާމަތްކަމެއް ނުލިބޭނެ! ހެޔޮޢަމަލުކުރުންމަތީގަ މަރުވާންވީ ސަބަބަކީ އެއީ!

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ ޙާލުގައި ނުވަތަ ހެޔޮ ޢަމަލުކުރުންމަތީގައި ނޫނީ މަރުނުވުމަށް ގަދައަޅައި މަސައްކަތްކުރަންވީވެސް އަދި އެކަމަށް އެދިގެން ދުޢާކުރަންވީވެސް އާޚިރަތް ދުވަހު ކުރިމަތިވާނެ މުޞީބާތްތަކުން ސަލާމަތްކަން ލިބިގަތުމަށެވެ.   

ފަހުން ހެޔޮ ޢަމަލުކުރަން ތިބޭ މީހުންނާއި ފާފަކުރުންމަތީގައި ތިބޭ މީހުން މިޙަދީޘްފުޅަށް ވިސްނައި ބިރުވެތިވާށެވެ!                                                        

"(ތާޅަފިލި ފުމެލެއްވުމުން) ކައްވަޅުން ތެދުވާނީ އެމީހަކު މަރުވި ޙާލަތުގައެވެ!" (ޙަދީޘް) 

Jabir reported: The Messenger of Allah, peace and blessings be upon him, said, “Every servant will be resurrected upon the way that they died.”

Source: Ṣaḥīḥ Muslim 2878

Grade: Sahih (authentic) according to Muslim 

ކަންއޮތީ މިފަދައިންކަމަށްވާއިރު ފަހުން ތައުބާވާން ހުއްޓައި މަރުވެއްޖެ ނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ މަޙްޝަރު ކުރެއްވެވޭނީ ނިކަމެތިކަމާއިއެކު ނޫން ހެއްޔެވެ؟ ޞިރާޠުމަގު ހުރަސްކުރުމުގެ ފުރުޞަތު ގެއްލިގެންދާނެ ނޫންހެއްޔެވެ؟

ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ޢަމަލެއް ކުރުންމަތީގައި ތިބާ މަރުވެއްޖެނަމަ ކައްވަޅުން ތެދުވަން ތިބާއަށް ޖެހޭނީ އެޢަމަލުކުރުންމަތީގައެވެ. އެޙާލަތުގައި ތިބާއަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހިއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވިސްނައި ބިރުވެތިވާންވީ އެކަމަށެވެ. ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީގައި މަރުވެވޭތޯ މަސައްކަތްކުރަންވީވެސް އެ ސަބަބަށްޓަކައެވެ.  

އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ތައުބާވުން އަވަސްކުރާށެވެ! އައަށްވުރެ އަވަހަށްކުރަންވީ ކަމެއްވެސް އެއަށްވުރެ ގިނައިން ކުރަންވީ ކަމެއްވެސް ނެތެވެ. އެހެނީ ގިނަގިނައިން ތައުބާވެ އަސްތަޤްފާރުކުރާމީހާ އެދޭ ހުރިހާ ކަމެއްވެސް ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން