ޤައިދީންގެ ސިއްޚީ ފަރުވާ ތަރައްޤީކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް" ޕޯސްޓެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ޤައިދީންގެ ސިއްޚީ ފަރުވާ ތަރައްޤީކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް" ޕޯސްޓެއް ހުޅުވައިފި

ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދެމުންދާ ސިއްޚީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ ގޮތުން، އިދާރީ މަސައްކަތްތައް މުއާމަލާތުކުރުމަށް ޚާއްޞަ "ކަރެކްޝަނަލް ހެލްތްކެއަރ ސަޕޯރޓް" ޕޯސްޓެއް ހުޅުމާލެ ހޮސްޕިޓަލް (އެޗްއެމްއެޗް) ގައި ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޯސްޓް ހުޅުއްވައިދެއްވީ ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ މެނޭޖްމަންޓް ބޭފުޅުންނެވެ.

މި ޕޯސްޓް ރަސްމީކޮށް ހުޅުވުމަށްފަހު، ދެ އިދާރާގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި، ޤައިދީންނަށް ދެވޭ ސިއްޚީ ފަރުވާގެ ކަންކަން އަވަސްކުރުމަށާއި، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދާނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިއަދު އޮންލައިން