ގދ. މާޑަވެއްޔާއި ފަރެސްމާތޮޑާ ހިމެނޭހެން 4 ރަށެއްގެ މިސްކިތް ބިނާކުރުމަށް ބީލަމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގދ. މާޑަވެއްޔާއި ފަރެސްމާތޮޑާ ހިމެނޭހެން 4 ރަށެއްގެ މިސްކިތް ބިނާކުރުމަށް ބީލަމަށް ހުޅުވާލައިފި

ރާއްޖޭގެ ހަތަރު ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މާލީ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން އަލުން ބީލަމަށް ހުޅުވާލާފައިވަނީ ގދ. މަޑަވެލި، ގދ. ފަރެސްމާތޮޑާ، ތ. އޮމަދޫ އަދި ލ. ކަލައިދޫގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢަށެވެ.

މި މަޝްރޫޢުތަކުގެ ބީލަމުގައި ބައިވެރިވެވޭނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް ފެތޭ ކުންފުނިތަކަށް އެކަންޏެވެ.

މި މަޝްރޫޢުތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ބޭނުންވާ ޝަރުޠުތަކާއި އިވެލުއޭޓްކުރާނެ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް މާލީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށްދާނީ މި މަހުގެ 7 އިން 19 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މ think 14:00 އަށް "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ.

މިއަދު އޮންލައިން