ޒުވާނުން ތަމްރީނުކުރުމަށް ޔޫތު އަދި ޓޫރިޒަމް މިނިސްޓްރީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ޒުވާނުން ތަމްރީނުކުރުމަށް ޔޫތު އަދި ޓޫރިޒަމް މިނިސްޓްރީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޤައުމީ ފެންވަރުގައި ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ދެމެދު މިއަދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢު އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުހައްމަދު އަމީން އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ޒުވާނުންނަށް ބޭނުންވާ ޢަމަލީ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގެ މުހިންމު ދެ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ދާއިރާއިން އުފެދޭ ވަޒީފާގެ އައު ފުރުޞަތުތަކަށް ޒުވާނުން އަހުލުވެރިކުރުވައި، އެ ދާއިރާތަކަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް މަސައްކަތުގެ މާހައުލުން ސީދާ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ

މިއަދު އޮންލައިން